ސުވާލު:. ޖިމާޢުވެ ނިމުނުތަނާ ހައިޟުވެއްޖެނަމަ ޖުނުބުގެ ހިނެއުން ހިނައިގަންނަން ޖެހޭނެތޯ ހައިޟުވެފަ ހުއްޓަސް. ނުވަތަ ހައިޟު ރަނގަޅުވީމަތޯ ހިނައިގަންނާނީ؟
ޖަވާބު:. ހައިޟުވެފައި ހުއްޓަސްވެސް ޖުނުބުގެ ހިނެއުން ހިނައިގަންނަންވާނެ.
ޖުނުބުވެރިވުމުން ހިނައިގަތުމަކީ އެމީހަކަށް ﷲ ތަޢާލާ އިޚްތިޔާރު ދެއްވަވާފައިވާ ކަމެކެވެ. އެހެނަސް ޙައިޟް، ނިފާސް ކަމުން ޠޯހިރުވެވޭނީ އެޙާލަތުން އެމީހަކު ﷲ ތަޢާލާ ސަލާމަތްކުރައްވަވައި ދެއްވެވުމުންނެވެ.
އިތުރު ސުވާލެއް:
ސުވާލު:. އަޅުގަނޑުގެ ސުވާލަކީ ޕީރިއަޑް ވެފަ ހުއްޓާ އެސްފީނާ އަށް ފެން އެޅިދާނެތޯ؟ އަދި ފެނަށް ކިޔަވާފަ އެ ފެން ބޮވިދާނެތޯ؟
ޖަވާބު:. ލައްބަ
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް