ހަނގުރާމައެއްގެ ތެރެއިން މީހަކު ޤަތުލުކުރައްވަން އުޅުއްވަނިކޮށް އޭނާ ޢަލީގެފާނުގެ މޫނުފުޅަށް ކުޅުޖެއްސެވެ. އެހިނދު އޭނާ ޤަތުލުކުރެއްވެވުން ހުއްޓަވައިލެއްވެވުމުން އެމީހާ ކަންބޮޑު އޭނާ ޤަތުލުނުކުރެއްވެވީ ކީއްވެގެންތޯ ސުވާލު ކުރިއެވެ.
ޖަވާބުގައި ވިދާޅުވިއެވެ. "އަހުރެން ކަލޭ ޤަތުލުކުރަން އުޅުނީ ﷲ އަށްޓަކައެވެ. ނަމަވެސް މޫނަށް ކުޅުޖެހުމުން އަހުރެންގެ ރުޅިވެރިކަން އެދެމެދަށްވަނީމާ އެކަން ނުކުރެއްވެވީއެވެ." އޭނާ ދެންނެވިއެވެ. "އަހުރެން އެކަން ކުރީ ކަލޭގެފާނު އަހުރެން އަވަހަށް ޤަތުލުކުރެއްވެވުން އެދިގެންނެވެ."
ޢަލީގެފާނުގެ މޫނުފުޅަށް އޭނާ ކުޅުޖެހުމުން ކޯފާ ގަދަކުރައްވަވައި އޭނާ ޤަތުލު ނުކުރެއްވެވުން ވެގެން ދިއައީ އިސްލާމްދީނުގެ މަތިވެރިކަން އޭނާއަށް ޤަބޫލުކުރެވި އޭނާ އިސްލާމްވި ސަބަބުކަމުގައެވެ.
- އިސްލާމް ދީން މަތިވެރިކުރަން ޤަތަރުން ހާމަކުރަމުން ގެންދާ ވާހަކަތަކުގެ ތެރެއިން-