ނިޝާމާގެ މަރާ ގުޅިގެން ޝައިޚުންގެ ކަންބޮޑުވުން: ހަމައެކަނި ވަލީދީފީމޭ ބުނުމަކުން ނުފުދޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ނިޝާމާގެ މަރާ ގުޅިގެން ޝައިޚުންގެ ކަންބޮޑުވުން: ހަމައެކަނި ވަލީދީފީމޭ ބުނުމަކުން ނުފުދޭނެ!: ޑރ. އިޔާޟް

"ކައިވެންޔަށް އިޚްތިޔާރުކުރެވޭ މީހާ އަކީ ދީންވެރި ހެޔޮލަފާ މީހަކުތޯ ބަލަންޖެހޭ! އަދި މިކަމަކީ ކައިވެނީގެ ވަލީވެރިޔާގެ ވެސް ޒިންމާ އެއް! ހަމައެކަނި ކައިވެނީގެ މަޖްލިހުގައި ވަލީދީފީމޭ ބުނުމަކުން ނުފުދޭ! ތިމާގެ އަންހެންދަރި ޙަވާލުކުރެވެނީ ކާކާތޯ ބަލާ ޔަޤީންކުރަންޖެހޭ!"

- ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

"ކޮންމެމީހަކާވެސް ވަކިވެ، އެހެން މީހަކާއެކު ދިރިއުޅެން ޖެހިދާނެކަމަށް ބަލާށެވެ! އެއްވެސްމީހަކަށް ޙަޔާތުގެ ތަޅުދަނޑި ނުދޭށެވެ.": ޝައިޚް އަޙްމަދު ސަމީރު

"އަނބިމީހާއަށް އަނިޔާކުރާނީ ފިރިހެންވަންތަކަން ނެތް ފިރިހެނެކެވެ! ތިމާއާއި ޙަވާލުކުރެވިފައިވާ އަމާނާތަކަށް ޚިޔާނަތްތެރިވާ މީހެކެވެ!  ފިރިމީހާގެ އަނިޔާގެ ޝިކާރައަކަށްވެ ނިޔާވި އުޚްތާއަށް ފާފަ ފުއްސަވާ ދެއްވާ ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި!"

- ޝައިޚް މުޙައްމަދު ޝިފާން

މިއަދު އޮންލައިން