ޝައިޚް ޢަލީ ޒައިދުގެ ޚާއްޞަ އިލްތިމާސްތަކެއް- ކަނބަލުންނަށް! ޤިޞާޞް ހިފުމަށް ދެކޮޅުހަދާ މީހުންނަށް ގޮންޖައްސައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޝައިޚް ޢަލީ ޒައިދުގެ ޚާއްޞަ އިލްތިމާސްތަކެއް- ކަނބަލުންނަށް! ޤިޞާޞް ހިފުމަށް ދެކޮޅުހަދާ މީހުންނަށް ގޮންޖައްސައްވައިފި!

އަންހެނުންނޭވެ! ކައިވެނި ކުރާއިރު ތިޔަ ކައިވެނި ކުރެވެނީ ކާކާކަން ރަނގަޅަށް ބަލާށެވެ! އަދި ކައިވެންޏަށްފަހު އަނިޔާއާ ހިސާބަށް ޙާލަތު ގޯސްނަމަ މައްސަލަ ހިއްސާކޮށް ކައިވެނި ނިމުމަކަށް ގެނެވޭނެކަން ދަންނާށެވެ! އަނިޔާ ތަޙަންމަލުކޮށްލަ ކޮށްލާ ހުރުމެއް އިސްލާމްދީން ބާރެއް ނާޅައެވެ!

ކައިވެނީގެ ގުޅުމަކީ އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު ކުރިޔަށް ދާންޖެހޭ ގުޅުމެކެވެ!  ވަރިވާން ޖެހޭ ޙާލަތްތަކުގައި ވަރިވުމަކީ އެންމެ މަޞްލަޙަތު ބޮޑުގޮތްކަމުގައި ވެސް ވެދެއެވެ.! ވަކިން ޚާއްޞަކޮށް ޑްރަގް އެޑިކްޓް އަކާއިއެކު ދިރިއުޅުން އުފާވެރިވެދާނެ ކަމަށް ދެކުމީ މޮޔަކަމެކެވެ.

ނާއިންސާފު މަރުތައް ހުއްޓުވޭނީ ޤިޞާޞް ހިފައިގެންނެވެ!  މާތް ﷲ އަންގަވާފައިވަނީ އޭގައި ދިރުން ވާކަމަށެވެ!  ހުޅަނގު މޮޔައިން ބުނަނީ ނޫނެކޭއެވެ.! އެވެސް އަނިޔާއެއް ކަމަށެވެ. ދެން ބައެއް މީހުން މި ނަށަނީ މިހުޅަނގު މޮޔައިންގެ ބަހަށެވެ!  ބަލަ ބާވައިލެއްވިފައިވާ ޙައްލު ދޫކޮށްގެން ދުވަހަކު މޮޅެއް ލިބިއްޖެހެއްޔެވެ؟ 

- ޝައިޚް ޢަލީ ޒައިދު

މިއަދު އޮންލައިން