އަމިއްލަ އެދުމަކަށް ނޫނީ މީހަކު ދެކެ ލޯބިނުވާއިރު އަޅެ ﷲ ގެ މިނިންމެވުން އެނގޭހެއްޔެވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަމިއްލަ އެދުމަކަށް ނޫނީ މީހަކު ދެކެ ލޯބިނުވާއިރު އަޅެ ﷲ ގެ މިނިންމެވުން އެނގޭހެއްޔެވެ؟

މީސްތަކުންގެ އަމިއްލަ އެދުން ބޮޑުވީވަރުން މިއަދު މީހަކު ދެކެ ލޯބިވަނީވެސް އެމީހެއްގެ ކިބައިން ކޮންމެވެސް ކަމަކަށް ބޭނުންވެގެންނެވެ. ތަނަވަސްކަން، އެހީތެރިކަން، ކައިވެނީގެ އުފާވެރިކަން މިހެންގޮސް ކޮންމެވެސް އަމިއްލަ އެދުމަކަށެވެ. 

ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވަނީ ކާކުހެއްޔެވެ؟ މިހެން ސުވާލުކުރަން މިޖެހެނީ އަމިއްލަ އެދުމެއް ނެތި، ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި މީހަކުދެކެ ލޯބިވެގެން އުޅޭ މީހުން ފެންނަލެއް ހަމަ މަދުކަމުންނެވެ. އެފަދަ މީހުން ފެންނަލެއް މަދުކަމުން އެފަދަ މީހަކު ނުފެންނަކަމަށް ބުނިނަމަވެސް ދޮގަކަށްނުވާހައި މަދުކަމުންނެވެ. 

އެހެންނަމަވެސް ﷲ ތަޢާލާ އަންގަވާފައިވަނީ ކީކޭކަން އެނގޭހެއްޔެވެ؟ މިޙަދީޘްފުޅަށް ބަލާށެވެ! 

Ahmad (22002) narrated from ‘Ubaadah ibn as-Saamit that the Messenger of Allah (blessings and peace of Allah be upon him) said:

“[Allah says:] ‘My love is due for those who love one another for My sake; My love is due for those who visit one another for My sake; My love is due for those who help one another for My sake; My love is due for those whose hearts are free of grudges and who uphold ties with one another for My sake.’”

Classed as saheeh by al-Albaani in Saheeh al-Jaami‘ (4321) 

ޙަދީޘްފުޅުގެ މާނައިގައި އެވަނީ: "ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ. ﷲ ތަޢާލާއަށްޓަކައި މީހަކަށް ޒިޔާރަތްކޮށްފި މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ. ﷲ ތަޢާލާއަށްޓަކައި މީހަކަށް އެހީތެރިވެއްޖެ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ. ﷲ ތަޢާލާއަށްޓަކައި ހަސަދަވރިކަމުންނާއި ބަދަލުހިފުމުގެ ރޫހުން ޙިތް ޠޯހިރުކޮށް ތިމަން ﷲ އަށްޓަކައި މީސްތަކުންނާއި ގުޅުންބާއްވާ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން