ސުވާލު:. މޫނު ބުރުގާ އެޅުމަކީ ހައްދުފަހަނައެޅުން ކަމުގައި ބުނެއެވެ. އެ ކަމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި މޫނު ބުރުގާ އެޅުމުގައި ދެ ލޯ ފޮރުވުމާ ނުފޮރުވުމުގައި ޘަވާބުމުގެ ގޮތުންނާއި ހައްދުފަހަނައެޅުމުގައި ތަފާތެއް ވޭތޯ؟
ޖަވާބު:. ޝައިޠޯނާ ވަނީ އިންސާނުންނަށް ރީތި ހުތުރު އޮޅުވައިލައިފައެވެ. ކައިވެނި ކޮށްގެން ގުޅުން ހިންގީމައި ވަޙުޝީ މީހަކަށް ވެއެވެ. ކައިވެނިން ބޭރުގައި ނަމަ އެއީ އިއްފަތް ރައްކާތެރި ކުރުމެވެ. އަންހެނަކު އޭނާގެ އިއްފަތްތެރިކަން ރައްކަތެރި ކުރުމަށްޓަކައި މޫނު ނިވާކުރުމުން ހައްދުފަހަނައަޅައި ދިޔައީއެވެ. ބިކިނީގައި ނިކުތުމުން ޒަމާނަށް ފެތުނީއެވެ.
އަޅުގަނޑުމެން އިންސާނުންނަށް ބުއްދި ދެއްވައި އެހެން މަޚުލޫޤުންގެ މައްޗަށް މާތް ކުރެއްވީ ސަބަތަކަކާއި ލައިގެންނެވެ. ވީމާ ޝައިޠޯނީ ވަސްވާތަކުން ދުރުހެލިވެ، ﷲ އާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ މަގުން ހިނގަންޖެހެއެވެ. ދެ ލޯ ފެނުމަކީ ވެސް ފިތުނައަކަށް ވެދާނެ ކަމަށް ހީވާ ނަމަ، ފޮރުވުން ރަނގަޅެވެ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް