ސުވާލު:. ބައެއްމީހުން ރުކޫއަށް ތިބޭއިރު ވަރަށްބޮޑަށް ބޯތިރިކޮށްފާ އޮންނަތަން ފެނެއެވެ. ރުކޫޢުގައި ތިބޭއިރު އޮންނަންޖެހޭ ވަރަކީ ކޮބައިތޯ؟
ޖަވާބު:. ރުކޫއުގައި އޮންނައިރު ބުރަކަށިމަތީގައި ފެންބޯތައްޓެއް ބެހެއްޓީމާ ނުވެއްޓޭވަރަށް ސީދާކޮށްފައި ހުންނަންވާނީ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.
ނަމާދާބެހޭ އިތުރު ސުވާލެއް:
ސުވާލު:. ހަތަރު ރަކުޢަތުގެ ނަމާދެއް ކުރިއިރު އިތުރަށް ރަކުޢަތެއް ކުރެވޭކަން އެނގުމުން ކިހިނެއްތޯ އެވަގުތު ހަދަންޖެހޭނީ؟
ޖަވާބު:. އިތުރު ރަކުޢަތެއްކަން ޔަގީންވާނަމަ ތެދުވެގެން ނުވާނެ. އިތުރު ރަކުޢަތް ފުރިހަމަ ކުރިފަހުން އެކަން އެނގިއްޖެނަމަ ސަލާމްދީފައި ކުށުސަޖިދަ ޖަހާނީ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.