يحيى بن معاذ رحمه الله ދުޢާދެންނެވިއެވެ!
"يا ﷲ! އިބަރަސްކަލާނގެ ޚަޒާނާގައި އެންމެ ހެޔޮކަމުގައިވާ އީމާންކަން އަޅަމެންގެ ދެންނެވުމަކާނުލައި އަޅަމެންނަށް ދެއްވެވީމުއެވެ. يا ﷲ! އަޅަމެންގެ ދެނެވުމާއެކު، އިބަރަސްކަލާނގެ ފުއްސެވުމުން އަޅަމެން މަޙުރޫމުނުކުރައްވާނދޭވެ!" އާމީން
ދުޢާއަކީ ވަރަށް ކުރު ދުޢާއެކެވެ. އެހެނަސް ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ދުޢާއެކެވެ. އެހެނީ ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަން ލިބުންވަނީ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވެވުމުންނެވެ.