ކައިވެނި ރޫޅުމުން ދަރިންނާ ބައްދަލުކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޯޓަށް ދާން ޖެހުމަކީ ހިތްދަތިކަމެއް!: ޝައިޚް އިބްރާހީމް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކައިވެނި ރޫޅުމުން ދަރިންނާ ބައްދަލުކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޯޓަށް ދާން ޖެހުމަކީ ހިތްދަތިކަމެއް!: ޝައިޚް އިބްރާހީމް ރަޝީދު

"ކައިވެނި ރޫޅުނުއިރު ދަރިންލިބިފައިވާނަމަ، އެކުދިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެފަރާތަށް ލިބެންޖެހޭ. ކޮންމެ ފަހަރަކު ކޯޓު މެދުވެރިކޮށް ދަރިންނާ ބައްދަލުކުރަން ޖެހުމަކީ ހިތްދަތިކަމެއް. އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ދަރިންކައިރީގައި ކުށްވެރިކޮށްފަ ވާހަކަ ދެއްކުމުގެ އާދަ ދޫކޮށްލަންޖެހޭ!"

- ޝައިޚް އިބްރާހީމް ރަޝީދު ޙަސަން 

ޝައިޚް ވިދާޅުވެފައިވާ މި ބަސްފުޅުގައި ފާހަގަކުރައްވާފައިވަނީ 3 ކަމެކެވެ. 

1 ކައިވެނި ރޫޅުނުއިރު ދަރިންލިބިފައިވާނަމަ، އެކުދިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެފަރާތަށް ލިބެންޖެހޭކަން. 

2 ކޮންމެ ފަހަރަކު ކޯޓު މެދުވެރިކޮށް ދަރިންނާ ބައްދަލުކުރަން ޖެހުމަކީ ހިތްދަތިކަމެއްކަން. 

3 އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ދަރިންކައިރީގައި ކުށްވެރިކޮށްފަ ވާހަކަ ދެއްކުމުގެ އާދަ ދޫކޮށްލަންޖެހޭކަން. 

މި 3 ކަމަކީވެސް އަޅުގަނޑުމެންގެ ތެރެއިން މަދު ބައަކު ނަމަވެސް ކުރިމަތިކުރުވާ ނުވަތަ ކުރަމުން ގެންދާ ކަންކަމެވެ. އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ.

މިއަދު އޮންލައިން