ޙަޤީޤީ ޙާދިސާ: ބައިވެރިއަކަށް ބޭރުފުށުގެ ސިފަ ރީތިނޫން އަންހެނަކާ ސިފަ ވަރަށް ރީތި އަންހެނަކު ހޯދި ތަނަވަސް 2 އެކުވެރިންނަސް ކުރަންޖެހުނު ތަޖުރިބާ- ހާދަތަފާތޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޙަޤީޤީ ޙާދިސާ: ބައިވެރިއަކަށް ބޭރުފުށުގެ ސިފަ ރީތިނޫން އަންހެނަކާ ސިފަ ވަރަށް ރީތި އަންހެނަކު ހޯދި ތަނަވަސް 2 އެކުވެރިންނަސް ކުރަންޖެހުނު ތަޖުރިބާ- ހާދަތަފާތޭ!

ވަރަށް އެކުވެރިކަމުގައި އުޅުނު 2 ވިޔަފާރިވެރިންނެވެ. ކައިވެނިކުރަން ނިންމީވެސް އެކުގައެވެ. ބައިވެރިއަކު އިޚްތިޔާރުކުރަން އުލުމުގެ ތެރޭގައި 2 މީހުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުވިއެވެ. އިބްރާހީމް ބޭނުންވީ ލިބޭނެ އެންމެ ރީތި އަންހެނެކެވެ. އަޙްމަދު ބޭނުންވީ ބޭރުފުށުގެ ސިފައަށް ނުބަލައި އެތެރެފުށުގެ ސިފައަށް ބަލާށެވެ. 

ކޮންމެއަކަސް ދެމީހުން ބޭނުންވި ފަދަ 2 އަންހެނުންނާއި ދެ މީހުން ކައިވެނިކޮށްފިއެވެ. ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިބްރާހީމަށް އޮފީހަށް ދެވުން ލަސްވާން ފަށައިފިއެވެ. އޮފީހުގައި އިނދެވޭ ވަގުތު މަދުވާން ފަށައިފިއެވެ. ވިޔަފާރި މަޑުމަޑުން ދަށަށް ޖެހެން ފަށައިފިއެވެ. 

އަހްމަދުގެ މަސައްކަތަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ކުރިއާއިއެއްގޮތަށް މަސައްކަތްކުރެއެވެ. ވިޔަފާރިވެސް ދިއައީ ކުރިއަރަމުންނެވެ. 

އެކުވެރި އިބްރާހީމްގެ ވިޔަފާރި ދަށްވަމުން އައިސް ދަރަނިވެރިވެ ފައިސާ ހޯދަން އަޙްމަދަށް ގުޅަންފެށުމުން އިބްރާހީމް އާއި ބައްދަލުކޮށް ކަންތައްތަމިވާ ގޮތެއް އޮޅުންފިލުވިއިރު މިވާގޮތަކީ އިބްރާހީމަށް ގެއިން ބޭރަށް ނުކުމެވޭކަށް ނެތެވެ. ބޭރަށް ޖެހިލައިފިނަމަ އަނބިމީހާ ކޮންމެވެސް ކަންތައްގަނޑެއް ހިންގައެވެ. ކުރާނެ އެހެންކަމެއް ނެތިއްޖެނަމަ ގޭގައި ގެންގުޅޭ ނޯކަރުންކުރިމަތީގައި އަތުރައިގެން އިނދެއެވެ. އިންނަނީ އެންމެ ކުރުހެދުންކޮޅު ލައިގެންނެވެ. 

ގޭގައި ގެންގުޅޭ އެންމެ އުމުރުން ދުވަސްވީ ނޯކަރު އަންހެން މީހާގެ ކިބައިން އޮޅުންފިލުވިއިރު ގިނަ ރޭރޭ އިބްރާހީމަށް ހަމަނިދިވެސް ނުލިބެއެވެ. ނިދައިފިނަމަ އަނބިމީހާ ތިރިއަށްފައިބާތީ އެވެ. 

އަހްމަދު އިބްރާހީމްގެ ދެމަފިރިންނަށް އެގެއަށް ކެއުމަކަށް ދަޢުވަތުދިނެވެ. އިބްރާހީމް ދިއައީ ސިއްސައިގެންނެވެ. އަޙްމަދަށް ލިބޭ އާމްދަނީ އިތުރުވެ ގޭގެ ފަރުނީޗަރުވެސް ވަނީ އެންމެ އަގުބޮޑު ފަރުނީޗަރަށް ބަދަލުކޮށްފައެވެ. އަހްމަދު ކާން އިށީނުމުން އަނބިމީހާ ތެދުވެގެން ގޮސް އައީ ތާފަނާ ފެންބޯތަށްޓެއް ހިފައިގެންނެވެ. އަޙްމަދު ކައިނިމެންވާއިރަށް އަނބިމީހާ ހުރީ ކައިނިންމައި އަތްދދޮވެގެންނެވެ. ކައިނިމޭއިރަށް އަޙްމަދު އަތްދޮންނާނެ ފެން މޭޒަށް ގެނެސްދިނެވެ. އެވީކުޑަވަގުތުކޮޅުގެތެރޭގައި މިފަދަ އެތައް ކަންތައްތަކެއް އިބްރާހީމަށް ފެނުނެވެ. 

އަނެއްދުވަހު އިބްރާހީމް އަހްމަދާއި ބައްދަލުކޮށް ސުވާލުކުރުމުން ކިޔައިދިނެވެ. "އަަހރެންގެ އަނބިމީހާ އަބަދު ހުންނަނީ އަހަރެންގެ ޚިދުމަތުގައެވެ. އޭނާގެ މަސައްކަތަކީ އަހަރެންނަށް ޚިދުމަތްކުރުމާއި އަހަރެންނަށް ފާރަވެރިވުމެވެ. ޚަރަދުތައް އެހައިކުޑައެވެ. އަގުބޮޑު އެއްޗެތި ބޭނުންވެގެނެއް ނުއުޅެއެވެ. ނަމާދުކުރޭތޯ ބަލައެވެ. ދަމުނަމާދަށް ހޭލައްވައެވެ. ފަތިހު ބަންގޮިގޮވުމުގެ ކުރިން މިސްކިތަށް ފޮނުވައެވެ. 

އެކަމަކު ކަލެއަށް ދިމާވެފައި މިވަނީ މިކަންކަމުގެ އިދިކޮޅެވެ. ކަލެއަށް ތިއަޖެހެނީ އަނބިމީހާއަށް ފާރަވެރިވާށާއި އަނބިމީހާއަށް ޚިދުމަތްކުރުމަށެވެ. ޖީބަށް އެހައި ބާރުބޮޑެވެ. މީހާ ހުލިވެ ދަރަމުންދަނީއެވެ. އަހަރެންގެ ތަނަވަސްކަން ﷲ ވާގިފުޅާއިއެކު އަންނަނީ އިތުރުވަމުންނެވެ. ދެންވެސް ސަލާމަތްވާން ބޭނުންނަމަ އިބްރާހީމްގެފާނު ވިދާޅުވިފަދައިން ގޭގެ އޮޅިގަނޑު އަވަހަށް ބަދަލުކުރާށެވެ!" 

އެކުވެރިޔާ ދެއްކި ވާހަކަތައް އިބްރާހީމަށް ޤަބޫލުކުރެވުނެވެ. ގޭގެ އޮޅިގަނޑު ޤަބޫލުކޮށް އަޙްމަދު ފަދައިން ހަމަޖެހިގެން އުފަލުގައި ދިރިއުޅެން މަސައްކަތްފެށިއެވެ. މާޒީ، މާޒީއަށް ދޫކޮށްލައި މުސްތަޤްބަލު ހޯދަން މަސައްކަތްފެށިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އުރުދޫ ޑައިޖެސްޓްގައި ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ވާހަކައެކެވެ. ކިޔުންތެރިންނަށް ޢިބްރަތަކަށްވެއްޖެނަމަ އަޅުގަނޑަށް ފުދުނީއެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން