ރަވާތިބު ސުންނަތްތަކުގެ އިތުރުން ކޮންމެ ދުވަހަކުވެސް ކުރެވޭނެ ސުންނަތް ނަމާދުތައް!

ކިޔުމަށް ހޭދަވާނީ 3މ 40ސ
ރަވާތިބު ސުންނަތްތަކުގެ އިތުރުން ކޮންމެ ދުވަހަކުވެސް ކުރެވޭނެ ސުންނަތް ނަމާދުތައް!

ސިއުޒާ

 

ސުވާލު:

ރަވާތިބު ސުންނަތްތަކުގެ އިތުރުން ކޮންމެ ދުވަހަކުހެން ކުރެވޭނެ ސުންނަތް ނަމާދުތަކެއް ހުރޭތޯއޭ؟ 

ޖަވާބު: 

ހުންނާނެ، އެގޮތަށް ހުންނަ ބައެއް ނަމާދުތައް ހުރޭ. މިސާލަކަށް ޟުޙާ ނަމާދު. ޟުޙާ ނަމާދަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު އަށް އެކަމެއްގެ މަތީގައި ދާއިމަށް ދެމިހުރުމަށް އެކަލޭގެފާނަށް ވަސިއްޔަތް ކުރެއްވި ތިން ކަންތަކުގެ ތެރެއިން އެއް ކަންތައް އެއީ ޟުޙާ ނަމާދަކީ. އެހެންމަ ޟުޙާ ނަމާދަކީ އޭގެ ތެރެއިން ވާ ސުންނަތެއް.  

ހަމައެގޮތަށް ވިތުރީގެ ނަމާދު. ވިތުރިއަކީވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ސުންނަތެއްގެ މަތީގައި ދަތުރެއްގެ މަތީގައި ވީކަމުގައިވިޔަސް، ޙާޒިރުވެ ރަށުގަ މަދީނާގައި ހުންނެވި ކަމުގައި ވިޔަސް އެކަލޭގެފާނު ދޫ ނުކުރައްވާ ސުންނަތެއް ވިތުރިއަކީ.  

ދެން އަޅުގަނޑުމެން މިކިޔާ ދަމު ނަމާދު. ދަމު ނަމާދޭ މިކިޔަނީ އަސްލު ޢަރަބީގަ މިކިޔަނީ ތަޙައްޖުދޭ. އެއީ އެންމެ މާތް ގޮތް. ތަޙައްޖުދުގެ މާނައަކީ އަސްލު ނިދާފައި ހޭލާފައި ކުރާނަމާދަކަށް މި ތަޙައްޖުދޭ މިކިޔަނީ. ދެން ޤިޔާމުއް ލައިލް އެކަމަކު އެ ކުރެވިދާނެ މިސާލަކަށް ޢިޝާ ނަމާދާއި ފަތިސް ނަމާދާއި ދެމެދުގެ ކޮންކެ ގަޑިއެއްގަ އެ ނަމާދު ކުރިޔަސް އެ ވާނީ ޤިޔާމުއް ލައިލްއަށް. އެކަމަކު ތަހާއްޖުދަކީ، ދެން އެ މައްސަލައިގައި އޮވޭ ކޮންމެސް ވަރެއްގެ ޚިލާފެއްވެސް. ދެން ގިނަ ޢިލްމުވެރިން ނުވަތަ ރަނގަޅު ގޮތަކީ އޭގަ އަސްލު ނިދާފައި ހޭލާފަ ކުރާ ނަމާދެއް ތަޙައްޖުދު ނަމާދަކީ. އެހެންމަ އެވެސް ހަމަ ސުންނަތެއް އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރެވިދާނެ.  

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޙަޔާތްޕުޅުގަ ހަމަ މި ދަމުނަމާދު ކުރައްވާ ތަޙައްޖުދު ނަމާދު ކުރައްވާފައި އެބަވޭ. އެހެންމަ އެއީވެސް ހަމަ އެގޮތަށް ކުރެވިދާނެ ސުންނަތެއް. ދެން އޭގެ އެންމެ ފަހުގެ ނަމާދެއްގެ ގޮތުގަ ހަދަން މި އިންނަނީ ވިތުރި. (އަރަބި) ޙަދީޘްގައި އަންނަނީ " ރޭގަނޑުގަ އެންމެ ފަހުން ކުރާ ނަމާދަކަށް ވިތުރި ހަދާށޭ." 

އެހެންމަ ވިތުރިއާއި ދަމު ނަމާދާއި، ޟުޙާ ނަމާދާއި ދެން މީ މިވަޤުތު އަޅުގަނޑު ހަނދާނަށް އަންނަ ނަމާދުތަކަކީ ދެން ކޮންމެ ދުވަހަކު މިހެން އާއްމުކޮށް ކުރަ ނަމާދުތަކެއްގެ ގޮތުގަ. ދެން ހުންނާނީ ރަވާތިބު ސުންނަތުގެ އިތުރުން އަދި ހުންނާނެ ބައެއް ސުންނަތްތައް މިސާލަކަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ (އަރަބި) " ކޮންމެ ޤަމަތަކާއި ބަންގިއަކާއި ދެމެދުގައި ވެޔޭ ނަމާދެއް"  

އެހެންމަ ޢަސުރު ނަމާދުގެ ކުރީގައިވެސް އަޅުގަނޑުމެން ކުރާނެ، މަޣްރިބު ނަމާދުގެ ކުރީގައިވެސް އަޅުގަނޑުމެން ކުރާނެ، ޢިޝާ ނަމާދުގެ ކުރީގައިވެސް އަޅުގަނޑުމެން ކުރާނެ ސުންނަތެއް. އެއީ ރަވާތިބު ސުންނަތްތަކެއް ނޫން. އެހެން ނަމަވެސް އެއީ ހަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަށް ހަމަ މާނައަކީ ސުންނަތުން ދަލީލު ލިބެން ހުރި ސުންނަތްތަކެއް. ހަމަ އެގޮތަށް ޢަސުރު ނަމާދުގެ ކުރީގެ ސުންނަތާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ (އަރަބި) މާނައަކީ " ޢަސުރު ނަމާދުގެ ކުރީގެ ހަތަރު ރަކުޢަތް ކޮށްފި މީހާކަށް ﷲ ރަޙްމަތް ލައްވާށިއޭ"  

އެހެންވީމަ މި ސުންނަތްތަކަކީ ހަމަ ކޮންމެ ދުވަހަކުވެސް ހަމަ ކުރާނެތާ. ކޮންމެ ދުވަހަކުވެސް ޢަސުރު ނަމާދުގެ ކުރީގަ ހަމަ ހަތަރު ރަކުޢަތް އިންނާނެ، މަޣްރިބު ނަމާދުގެ ކުރީގައި 2 ރަކުޢތް އިންނާނެ، ޢިޝާ ނަމާދުގެވެސް ކުރީގަ ދެރަކުޢަތް އިންނާނެ. އެހެންމަ މީ އާއްމު ގޮތެއްގައި އަޅުގަނޑުމެންނަށް ކޮންމެ ދުވާލަކާއި ރޭގަނޑަކު ކުރަން އޮންނަ، ދާއިމީކޮށް ކުރަން އޮންނަ ސުންނަތްތަކުގެ ތެރެއިން ބައެއް ސުންނަތްތަކަކި.  

ދެން މީގެތެރެއިން ބައެއް ސުންނަތްތަކަކީ އަޅުގަނޑުމެން ދޫކޮށްލިޔަސް މައްސަލައެއް ނެތް. އެކަމަކު ރަވާތިބޭ އަސްލު ރަވާތިބާ އެހެން ސުންނަތްތަކާއި ތަފާތު ކުރުމުގަ ޢިލްމުވެރިން ގެންގުޅުއްވާ އުސޫލެއް އެއީ ރަވާތިބު، ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރަވާތިބޭ މިކިޔަނީ އެއްވެސް ވަރަކަށް ދޫ ނުކުރައްވާ ކުރާ ނަމާދު ތަކަކަށް ވާތީ. އެހެންމަ އެހެން ސުންނަތްތަކަކީ އަބަދު ދެމި ހުރުން އެއީ ސުންނަތެއް ނޫނޭ. ބައެއް ފަހަރަށް ދޫވެސް ކޮށްލަން ޖެހޭނެ އެ ސުންނަތްތައް. އެކަމަކު ރަވާތިބު ސުންނަތްތައް އެއީ ހަމަ އަބަދުވެސް އޭގެ މަތީގައި ދެމިހުރުން އަޅުގަނޑުމެނަނަށް އިރުޝާދު ދެވިފައިވާ ސުންނަތްތަކެއް.

 

(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ސޯޝަލްމީޑިއާއިން ޙިއްޞާކުރެއްވި ލިޔުމެކެވެ.)

މިއަދު އޮންލައިން