އުހުދު ފަރުބަދަ އަހުރެމެން ދެކެ ލޯބިވާ ފަދައިން އަހުރެމެންވެސް ލޯބިވާންޖެހޭނެ! އެއީ ބިމުގައި ހުއްޓަސް ސުވަރުގޭގެ ފަރުބަދައެއްކަން ޙަދީޘުން އެނގެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އުހުދު ފަރުބަދަ އަހުރެމެން ދެކެ ލޯބިވާ ފަދައިން އަހުރެމެންވެސް ލޯބިވާންޖެހޭނެ! އެއީ ބިމުގައި ހުއްޓަސް ސުވަރުގޭގެ ފަރުބަދައެއްކަން ޙަދީޘުން އެނގެން އެބައޮތް!

އުހުދުގެ ވާހަކަ ދެކެވޭއިރަށް މުސްލިމުންގެ ހިތަށް ވަންނާނީ އުހުދު ހަނގުރާމައެވެ. އެހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ގެއްލުމެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވި ބޮޑެތި އަނިޔާފުޅުތަކެވެ.  

އެއާއެކުވެސް ހަނދާނަށް ގެންނަން ޖެހޭނެ އެންމެ ބޮޑު ކަމަކީ ވެރިމީހާގެ އަމުރަށް ކިޔަމަންތެރިނުވެވުނުކަމާއި ޣަނީމާ މުދަލަށް ދަހިވެތިވެވުނު ކަމެވެ. ހެޔޮލަފާ ވެރިއަކަށް ކިޔަމަންނުވުމާއި މުދަލަށް ދަހިވެތިވުމަކީ ކުރެވޭ ފާފަތަކެވެ. އެކަމުން ލިބޭނެ ގެއްލުން ބޮޑު ކަމެކެވެ.  

އުހުދު ފަރުބަދަ އާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަވާފައިވާ ބަސްފުޅު ނިކަން ދެކިބަލާށެވެ!  

އުހުދު ފަރުބަދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.  

"އުހުދުފަރުބަދައަކީ އަހަރެމެންދެކެ ލޯބިވާ ފަރުބަދައެކެވެ. އަދި އަހުރެމެންވެސް އުހުދުފަރުބަދަ ދެކެ ލޯބިވަމުއެވެ. އެއީ ސުވަރުގޭގެ ފަރުބަދައެކެވެ."


- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން