ދޮށީ މީހަކާ ކައިވެނިކުރިޔަސް ޙަޤީޤަތް ނުބަލައި ނުބައިބަސް ނުބުނާށެވެ! އެއީ ކުރިން ގުޅުނު ޒުވާން ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ދިން ދެރަ ބޮޑުވުމުންކަމަށްވެސް ވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދޮށީ މީހަކާ ކައިވެނިކުރިޔަސް ޙަޤީޤަތް ނުބަލައި ނުބައިބަސް ނުބުނާށެވެ! އެއީ ކުރިން ގުޅުނު ޒުވާން ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ދިން ދެރަ ބޮޑުވުމުންކަމަށްވެސް ވެދާނެ!

އަހުރެން ފަށާނީ މިޘާލަކުންނެވެ. ރަށުގައި ހުރި އެންމެ ނިކަމެތި އަންހެނާގެ ފިރިމީހާ އޭނާ ވަރިކޮށް އެއްލައިލީ 3 ދަރިންނާއިއެކުގައެވެ. ވަރިކުރިތަނުން އޭނާގެ އަތުގައި ހިފައި އެހީތެރިވެދެމުން އައިސް ކައިވެނިކުރީ ރަށުގެ އެންމެ ތަނަވަސް ޒުވާނެކެވެ. އަންހެން މީހާޢަށްވުރެ 5 އަހަރު ހަގުވެސް ޒުވާނެކެވެ.  

ސަބަބަކަށްވީ ކުރިން ކައިވެނިކުރެވުނު ޒުވާން ރީތި 2 އަނބިންގެ ކިބައިން ކުރިމަތިވި މުޞީބާތްތަކެވެ. މިނިކަމެތި އަންހެނަ މީހާގެ ކިބައިން އެފަދަ ކަންކަން މެދުވެރިނުވާނެތީއެވެ. އެކަން ޔަޤީންކުރެވެނީ އެނާގެ ކުރީގެ ދިރިއުޅުމުގައި ކެތްތެރިވި ވަރުންނެވެ. އެޙާލުގައިވެސް ފިރިމީހާއަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރީތީއެވެ.

20، 22 އަހަރުގެ އަންހެނަކު 35، 40 އަހަރުގެ ފިރިހެނަކާއި ކައިވެނިކުރަން އުޅޭނަމަ ނުވަތަ ކައިވެނިކޯށްފިނަމަ ގިނަ ބައަކު އޭނާއަށް ބޮޑެތި ތުހުމަތުކުރެއެވެ. އެއުޅެނީ އޭނާގެ ތަނަވަސްކަމަށް ދަހިވެތިވެގެން ކަމަށް ބުނެއެވެ. ހިހޫތަނުން ކާލައިގެން އިންނަން ފަސޭހައަކަށް ކަމަށްވެސް ބުނެއެވެ.  

އެއްބަސްވަމެވެ. އެފަދަ އަންހެނުންވެސް އުޅޭނެއެވެ. ނަމަވެސް އެއީ އެހައި ގިނަ ބައެއް ނޫނެވެ. ގިނަ އަންހެނުން އެފަދަ ނިންމުންތައް ނިންމާ ސަބަބުވެސް މިކިޔައިދެނީއެވެ.  

ގިނަ އަންހެނުން ދިރިއުޅުމެއް ފަށަން މަސައްކަތްކުރަނީ ނުވަތަ ފަށަނީ ދާދި އެއް ޢުމުރެއްގެ ބައިވެރިއަކާއިއެކުގައެވެ. އެކަމަށް އަންހެނުންވެސް އިންވެސްޓްވެސް ކުރެއެވެ. ކައިވެންޏަށްވެސް އިންވެސްޓްކުރެއެވެ. ކައިވެންޏަށްފަހު ލިބޭ މުސާރައިންވެސް އިންވެސްޓްކުރެއެވެ. އެކަމަކި އިށާހިތަކު އޮންނަނީ އިންވެސްޓްމަންޓް ގެއްލިފައެވެ. ހުސްއަތާ މަގުމައްޗަށް ނުކުންނަން ޖެހިފައެވެ.  

އެޙާލަތުކުރިމަތިވުމުން ދެންވާގޮތަކީ ދެވަނަ ކައިވެންޏަށް އިންވެސްޓްކުރަން ބޭނުންނުވަނީ އެވެ. އިންވެސްޓަރަކު ފެނުމުން އޭނާގެ ޢުމުރަށް ނުބަލައި ކައިވެނިކުރަނީއެވެ. އެއީ ކޮންމެހެން އޭނާގެ އަތުން ތަނަވަސްކަން ބޭނުންވެގެނެއް ނޫނެވެ. ތިމާ ހޯދާ އާމްދަނީން ދިރިއުޅުމަށް ޚަރަދުނުކޮށް  ތިމާއަށް ލިބޭނެކަން ޔަޤީންކުރަނީއެވެ.  

އަހުރެން މިވާހަކަކޮޅު މިބުނަނީ އަހުރެންގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. ދޮށީ ފިރިހެނުންނާއި ގުޅިގެން ތިބި އެތައް އަންހެނުންނާއި ސުވާލުކުރުމުން އެމީހުން ދެއްކި ވާހަކައިގެ މައްޗަށް ބަލައިގެންނެވެ. އަދި އެމީހުންގެ ފިރިންގެ ކިބައިން ލިބުނު މަޢުލޫމާތަށްވެސް ބަލައިގެންނެވެ. އެމީހުންގެ އަނބިން އުޅެނީ ފިރިންގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކަމަށް ބުނީ އެންމެ 10 އިންސައްތަ ފިރިންނެވެ.  

މިއީ ކައިވެނީގެ ކަންކަމުގައި ލަފާދޭ ޢިލްމުވެރިއަކު ދައްކާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން