ޒަވާޖީ ޙަޔާތް އުފާވެރިކުރަންވެސް، އާޚިރަތް ލިބިގަންނަންވެސް އޮތީ ކަރުނައަޅަންޖެހޭ ޙާލަތުގަ އަވަސްވެގަތުން- ލަސްކުރުމުން ލިބޭ ގެއްވުން ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޒަވާޖީ ޙަޔާތް އުފާވެރިކުރަންވެސް، އާޚިރަތް ލިބިގަންނަންވެސް އޮތީ ކަރުނައަޅަންޖެހޭ ޙާލަތުގަ އަވަސްވެގަތުން- ލަސްކުރުމުން ލިބޭ ގެއްވުން ވަރަށް ބޮޑުވާނެ!

ކޮންމެ ކަމަކުންވެސް ފައިދާކުރާނީ އެކަމެއް ކުރަން އޮންނަ ވަގުތުގައި އެކަމެއް ކުރުމުންނެވެ. އެގޮތުން ކަރުނައެޅުމުންވެސް ފައިދާކުރާނީ އެކަމުގެ ވަގުތުގައި އެކަންކުރުމުންނެވެ. 

މިސާލެއްގެ ގޮތުން ފުރަތަމަ އިބިލީހަށް ބަލައިލަމާ ހިނގާށެވެ! އިބިލީސް ކަރުނައަޅަމުން ގެންދެއެވެ. އިންސާނާ ﷲ ތަޢާލާއަށް ސަޖިދަކުރާތަން ފެނުމުން އެކަލޭގެ އެކަމަށް ދެރަވެ ހިތާމަކޮށް ކަރުނައަޅާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އާދަމްގެފާނަށް ސަޖިދަކުރަން އެންގެވި ވަގުތު ސަޖިދަނުކުރެވުމުންނެވެ. ތައުބާވާން ލިބުނު ފުރުޞަތުގެ ބޭނުން ނުހިފުނީތީއެވެ. 

ދުނިޔޭގައި މީސްތަކުން ގެންދާނީ ﷲ ތަޢާލާއަށް ސަޖިދަކުރަމުންނެވެ. މިހާރުވެސް 2 ބިލިއަނެއްހައި މުސްލިމުން އެގެންދަނީ ސަޖިދަކުރަމުންނެވެ. ޝައިޠޯނާއަށް ޖެހޭނީ ކަރުނައެޅުންމަތީގައި ހުންނާށެވެ! 

ދެން ބަލައިލަންވީ އާދަމްގެފާނު އެޅުއްވެވި ކަރުނަފޮދަށެވެ. ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގެންނެވިހިނދު އެކަމަށް ހިތާމަކުރައްވަވައި ވަގުތުން ކަރުނަފޮދު އެޅުއްވެވިއެވެ. ތައުބާވެވަޑައިގެންނެވިއެވެ. ނަތީޖާއަކީ ފާފަ ފުއްސަވައިދެއްވަވައި އިތުރަށް ދަރަޖަ މަތިވެރިކުރެއްވެވުމެވެ. 

ވީމާ އަހަރެމެންވެސް މަސައްކަތްކުރަންވީ ފާފައެއް ކުރެވޭހިނދު އެކަމަށް ދެރަވެ ހިތާމަކޮށް އަވަހަށް ތައުބާވުމަށެވެ. އެއިރުން ހަމައަހަރެމެންނަށް ކުރެވޭ ފާފަވެސް ފުއްސަވައި ދެއްވަވައި ރަޙްމަތް ލައްވަވައި ދަރަޖަ ަމތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ

ދެމް އޮތީ ކަރުނަ އެޅުމުގެ އެންމެ މުހިންމު އެއްބައެވެ. އެއީ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި އަޅަންޖެހޭ ކަރުނައެވެ. ޒަވާޖީ ޙަޔާތުގައި ތިމާއަށް ކުރެވޭ ކުށެއްގެ ސަބަބުން އަޅަންޖެހޭ ކަރުނައެވެ. 

ކުށެއް ކުރެވިއްޖެނަމަ އަވަހަށް އަނެކާގެ ކިބައިން މާފަށް އެދޭށެވެ. އެކުށް ތަކުރާރުނުކުރާށެވެ! އެކަން ކުރުން ލަސްކޮށްފިނަމަ ފުރުޞަތު ގެއްލިދާނެއެވެ. ވަގުތު ފާއިތުވާފަހުން ދެރަވެ ހިތާމަކޮށް ކަރުނައެޅިނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކޮށްފާނެއެވެ. ވީމާ ކަރުނަ އަޅަންޖެހޭ ފަަދ ޙާލަތެއް މެދުވެރިވެއްޖެނަމަ އަވަހަށް ކަރުނައަޅާށެވެ. މިބަޔާންކުރީ ކަރުނަ އެޅުން އަވަސްކުރަންޖެހޭ ސަބަބުތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން