"އަހާ" ފޯރަމް: ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަން 4 ވަޒީރަކު މިރޭ ފޯރަމަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
"އަހާ" ފޯރަމް: ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަން 4 ވަޒީރަކު މިރޭ ފޯރަމަށް

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ރައްޔިތުންގެ ހުރި ސުވާލުތަކާއި ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް މިރޭ 21:00 ގައި ޓީވީއެމް މެދުވެރިކޮށް ދުރަށް ދެއްކުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ސިލްސިލާ ފޯރަމްގައި މިރޭ ކެބިނެޓުގެ 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ:

- ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް

- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު

- ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

- އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުޞަތު އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ "އަހާ" ސިލްސިލާގެ އެންމެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 25 ގައެވެ.

މިއަދު އޮންލައިން