ދަރިންނަށް ނަމަވެސް ލައްނަތް ލެއްވެވުމަށް ނޭދޭށެވެ! އެނބުރި އަންނާނީ އެމީހަކަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ދަރިންނަށް ނަމަވެސް ލައްނަތް ލެއްވެވުމަށް ނޭދޭށެވެ! އެނބުރި އަންނާނީ އެމީހަކަށެވެ!: މުފްތީ މެންކް

މީހަކު ކޮންމެ ފަދަ ކަމެއް ކުރިކަމުގައިވީނަމަވެސް އެމީހަކަށް ލަޢްނަތް ލެއްވެވުމަށް ނޭދޭށެވެ. 

ދަރިންގެ މައްޗަށް މައިންބަފައިންނަށް ޙައްޤުތައް ލިބިގެންވެއެވެ. އެހެންކަމާއިއެކުވެސް ދަރިންނަށް ވެސް ލަޢްނަތް ލެއްވެވުމަށް ނުއެދޭށެވެ. އެކަން އެނބުރި އަންނާނީ އެމީހަކަށެވެ. 

އެހެނީ އެއްވެސް މީހަކަށް ލަޢްނަތް ލެއްވެވުމަށް އެދުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކޮންމެ މީހަކުކުރާ ޢަމަލުތައްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެމީހަކަށް ލަޢްނަތް ޙައްޤުވުމުން ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވާނެތެވެ. 

ކަން އޮތީ މިފަދައިންނަވެސް ރުޅިއާދެވޭހިނދު މިވެނި މީހަކަށް، އެއީ ދަރިންކަމުގައިވެއްޖެ ނަމަ ދަރިންނަށްވެސް ލަޢްނަތް ލެއްވެވުން އެދި ބައެއް މައިންބަފައިންނަށް އެބައެދެވެއެވެ. މިއީ ކުރެވޭ ވަރަށް ނުބައިކަންބޮޑު ޢަމަލެކެވެ. އެފަދަ ޢަމަލުތައް ނުކުރާށެވެ. އެފަދަ ބަސްތައް ނުބުނާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން