އެއްޗެއްގެ ނަންބޯޑަކީ، އޭގެ އަޞްލާއި ޙަޤީޤަތް ނޫންކަން އަބަދުވެސް ތަޖުރިބާވެ ތަކުރާރުވޭ.!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެއްޗެއްގެ ނަންބޯޑަކީ، އޭގެ އަޞްލާއި ޙަޤީޤަތް ނޫންކަން އަބަދުވެސް ތަޖުރިބާވެ ތަކުރާރުވޭ.!

ޤައުމުގައި ވެރިކަންކުރާ ނިޒާމަށް ކިޔާ ނަމަކުން ފައިދާއެއް ނުކުރާނެ ކަމަށާއި ފައިދާކުރާނީ ރައްޔިތުންނަށް ފައިދާކުރާނެ ވެރިކަމެއްކޮށްގެންކަން ދޭހަވާ ގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވައިފިއެވެ. 

ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:

މީގެ 54 އަހަރު ކުރިން އައި މި ދުވަހަކީ އަޅުގަނޑުމެން މިއަދު މިތިބި ގޮތުގެ އެހެން ފެށުމެއް. އެއީ، ޖުމްހޫރިއްޔަތަށް ފުރޮޅުމަށް ރާއްޖެ ހޭލާން ފެށި ވަގުތު. އެއީ، އޭގެ ކުރިން ވާރުތަވަމުން އައި ވެރިކަމުގެ ނިޒާމް ނިމުމުގެ ފެށުން. ވެރިކަމަކަށްޓަކައި ކުރާ ވެރިކަން އުވި، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމަކަށް ރުހި، އެގޮތުގައި ދެމިތިބުމަކީ ޖުމްހޫރިއްޔަތު. އެހެން ނަމަވެސް، އެއްޗެއްގެ ނަންބޯޑަކީ، އޭގެ އަޞްލާއި ޙަޤީޤަތް ނޫންކަން އަބަދުވެސް ތަޖުރިބާވެ ތަކުރާރުވޭ. 

އެކި ދުވަސްވަރު، ރާއްޖޭގެ ހިންގުންދިޔައީ އެކި ދުވެލީގައި، އެކި މަގުން. ކަސިޔާރުނުވެ އޮތް އަމާޒަކަށްވީ، ރައްޔިތުންގެ އުންމީދާއި އެދުން. އަމާޒަށް ވާޞިލުވުމަށް، އެ ރައްޔިތުންގެ ކިބައިގައި އޮތް ޢަޒުމް. ނަޞްރާއި ނަޞީބާއި، ކާމިޔާބުގެ ރަމްޒުގެ ހިޔަލުގައި، ޖުމްހޫރީ މައިދާނުގެ މި ފަޚްރުވެރި މަގާމުގައި ހުރެ، 54 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން

މިއަދު އޮންލައިން