ފަހުން ތައުބާވާން ފާފަކުރާ މީހުން ނިކަން މިދެއާޔަތް ކިޔައިލަބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފަހުން ތައުބާވާން ފާފަކުރާ މީހުން ނިކަން މިދެއާޔަތް ކިޔައިލަބަލާށެވެ!

ބައެއް މީހުން ބޮޑެތި ފާފަތައް ކުރަމުން އެބަ ބުނެއެވެ. "އަހަރެން ފަހުން ތައުބާވެ ހެޔޮ ޢަމަލުކުރާނީއެވެ." އެފަދަ މީހުންނަށް ބުނެލަން އޮތީ ނިކަން މިދެ އާޔަތް ކިޔައިލަބަލާށެވެ! ތައުބާވުމަކީ ތިއަ ވިސްނާގޮތަށް ކުރެވެން އޮތް ކަމެއް ނޫންކަން އެނގޭނެއެވެ. 

"ތައުބާ ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." (އައްނިސާ: 17)

"އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." (އައްނިސާ: 18) 

މިއާޔަތުން އެނގެން މިދަނީ ފާފަކުރުނަމަތީގައި ހުއްޓާ އެމީހެއްގެ މަރު އައިސް އެމީހަކާއި ބައްދަލުކޮށްފިމީހާ އާއި ކާފިރުންނަށް ތައުބާ ލެއްވެވުމެއް ނެތްކަމެވެ. އެމީހުންނަށްޓަކައި ވޭންދެނިވި ޢަޛާބު ލައްވަވާފައިވާ ކަމެވެ. 

ހަމައެއާއިއެކު 17 ވަނައާޔަތް ބަލާށެވެ! ""ތައުބާ ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." (އައްނިސާ: 17) 

ދެން ނިކަން ބުނެބަލާށެވެ! ފަހުން ތައުބާވާން ފާފަކުރުމުގެ އެއްވެސް ފުރުޞަތެއް އެބަ އޮތް ހެއްޔެވެ؟ މީސްތަކުންނޭވެ! ފަހުން ތައުބާވުމުގެ ވިސްނުމަކީ ަނޑައެޅިގެން ނުބައި ނުލަފާކަން ބޮޑު ޝައިޠޯނާ ދޭ ވަރަށް ނުބައި ވަސްވާސްތަކެކެވެ. ބިރުވެތިވެ ފާފަކުރުން ވަގުތުން ހުއްޓައިލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން