އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމް ޝައިޚް މުޙައްމަދު ލަޠީފް ކުރިއަށް ގެންދަވާ ޙަދީޘް ކްލާސްތައް ކޮވިޑާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު މިރޭ ފަސްޓަވާނެއެވެ.
މިރޭގެ މަޣްރިބްނަމާދަށްފަހު ކުރިއަށް ގެންދަވާނީ ރިޔާޟުއްޞާލިޙީން ކްލާހެވެ. ހުކުރު އަދި ހޮނިހިރު ދުވަހުގެ ފަތިސްނަމާދަށްފަހު ވެސް "1 ޙަދީޘް" ކްލާސް ކުރިއަށް ގެންދަވާނެއެވެ.
ޝައިޚް މުޙައްމަދު ލަޠީފް ގެ ކްލާސްތައް ކުރިއަށް ގެންދަވާނީ ފަނޑިޔާރު މިސްކިތް (ކުރީގެ އޯޑިއޯން ކައިރި) ގައެވެ.