އާޝޫރާ ދުވަހާ ޢަރަފާތް ދުވަސް ފަދަ ދުވަސްތަކުގެ ރޯދަ ދޫކޮށްނުލާންވީ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އާޝޫރާ ދުވަހާ ޢަރަފާތް ދުވަސް ފަދަ ދުވަސްތަކުގެ ރޯދަ ދޫކޮށްނުލާންވީ ސަބަބު-

ކިތަންމެ ބުރަކޮށް މަސައްކަތްކުރަންޖެހޭ ދުވަހަކަށްވީނަމަވެސް އަދި ތަކްލީފަކާއިއެކުގައި ނަމަވެސް ކިރިޔާ ރޯދަހިފޭނެ ނަމަވެސް އާޝޫރާ ދުވަހާއި ޢަރަފާތު ދުވަސް ފަދަ ދުވަސްތަކުގެ ރޯދަ ދޫކޮށްނުލާށެވެ! 

ދަތުރުމަތީގައި އުޅުއްވަމުންވެސް އިމާމް ޒުހްރީ ޢާޝޫރާ ދުވަހުގެ ރޯދަ ދޫކޮށް ނުލައްވައެވެ. 

އެހެންވެ ރަމަޟާންމަހު ދަތުރެއްގެ މަތީ އުޅުއްވާނަމަ ރޯދަ ދޫކޮށްލައްވާއިރު, ޢާޝޫރާ ދުވަހުގެ ރޯދަ ދަތުރުމަތީގައި ދޫކޮށްނުލައްވަނީ ކީއްވެތޯ؟ އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. 

ޖަވާބުގައި ވިދާޅުވީ "ރަމަޟާންމަހުގެ ރޯދަ އަކީ އެހެން ދުވަސްތަކެއްގައި ގަޟާ ކުރެވޭ އެއްޗެކެވެ. ނަމަވެސް ޢާޝޫރާ ދުވަހަކީ އެފަދަ ރޯދައެއް ނޫނެވެ."

މިއަހަރުގެ މި ދެދުވަސް ވެސް މިހާރުވަނީ ފާއިއތުވެ ގޮސްފައިނަމަވެސް މިކަން ސަމާލުކަމަށް މިގެނައީ އަންނަ އަހަރު މާތް ﷲ އިރާދަފުޅުން ދުނިޔޭގައި ތިބި ބައަކަށް މި ދެ ރޯދަވެސް ހިފުމަށް ހިތްވަރު ދިނުމަށެވެ.

މިއަދު އޮންލައިން