ލޯބިވާކަމަށް ހެދިގެން ދަރިއަކު ދީފަ، ސަލާމަތްވާން "މަރުވެފަ ދިރުނު" ފިރިހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ލޯބިވާކަމަށް ހެދިގެން ދަރިއަކު ދީފަ، ސަލާމަތްވާން "މަރުވެފަ ދިރުނު" ފިރިހެނެއްގެ ވާހަކަ-

އަހަރެންނަށް ލިބުނީ ފޯންކޯލެކެވެ. އެކްސިޑެންޓެއްވެފައި އަހަރެންގެ ފިރިމީހާ މަރުވީއެވެ. މޫނުވެސް އޮތީ ޗިސްޗިސްވެފައެވެ. އެހެންވެ ކާކުކަން ދެނެގަންނަން އުނދަގޫވާތީ އާއި ވެފައި އޮތް ވަރުން މޫނުވެސް ނުދައްކައި ވަޅުލީއެވެ. 

ޖަނާޒާގެ ކަންކަން ނިމިގެން މީހުންތައް ދިއައިރުވެސް އަހަރެންހުރީ ދުޢާކުރާށެވެ! އެހެން ހުއްޓައި ފަހަތުން ކުޑަކުއްޖަކު ރޯއަޑު އިވެން ފެށުމުން ފަހަތް ބަލައިލިއިރު އަންހެނަކު ތުއްތު ކުއްޖަކު އުރައިގެން ހުއްޓެވެ. އޭނާ ބުނީ ވަޅުލެވުނީ އެ ކުއްޖާގެ ބައްޕަ ކަމަށެވެ. 

އޭނާ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ރުޅިވެސް އާދެވުނެވެ. ނަމަވެސް އެކަންކަން އެތެރެއަށް ހިންދާލާފައި އޭނާގެ ފޯނު ނަމްބަރު ހޯދީމެވެ. 

އަނެއްދުވަހު އޭނާއަށް ގުޅީމެވެ. އޭނާ ކިޔައިދިނެވެ. "އަހަރެންނާއި އޭނާ ބައްދަލުވެ ލޯބި އުފެދުނެވެ. އޭނާގެ އަންތބަކު ހުންނަ ވާހަކައެއް ނުބުނެއެވެ. އެއީ ކިތަންމެ ނުބައިކަމަކަށްވީނަމަވެސް ކައިވެނިކުރާނެ ކަމަށް ބުނުމުން ޒިނޭވެސް ކުރެވުނެވެ. 

ދަރިފުޅަށް ބަލިވެ އިންކަން އެނގުމުން ފޯނެއް ނުނެގިއެވެ. ފިލީއެވެ. ޢާއިލާއިން އަހަރެންވަނީ ބާކީކޮށްލާފައެވެ. ދަރިފުޅު މިބަލަނީ މީހުންނަށް މަސައްކަތްކޮށްދީގެންނެވެ. މިއުޅެނީ ވަރަށް ނިކަމެތި ޙާލުގައެވެ."

އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު އެކުއްޖާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. އަދި ދެމައިން އަހަރެންގެ ގެއަށް ގެނެސް ގެންގުޅެން ފެށީމެވެ. އަހަރެން އެކަނި އުޅުމަށްވުރެ އެގޮތްވެސް ރަނގަޅުވާނެތީއެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިގެންދިއައެވެ. 

2، 3 މަސް ފާއިތުވީތަނާ އެއް ދުވަހު ފެނުނީ ފިރިމީހާ އައިސް ގެއަށް ވަންތަނެވެ. އަދި ބުންޏެވެ. "މިއީ ކޮން އަންހެނެއްހެއްޔެވެ؟ މިއަންހެން މީހާ މިގެއަށް ވެއްދީ ކީއްކުރަން ހެއްޔެވެ؟ ހަމަމިހާރު ގެއިން ނެރެލާށެވެ.! މަރުވި ކަމަށް ހެދެން ޖެހުނީވެސް މިއަންހެނާ އާއި ހުރެއެވެ. އޭނާގެ ކިބައިން ސަލާމަތްވުމަށެވެ." 

ޖަވާބުގައި ބުނީމެވެ. "މަރުވި މީހާ މަރުވެ ކައްވަޅުގައި އޮންނާށެވެ! މިގެއިން ހަމަ މިހާރު ތިބާ ނުކުންނާށެވެ! ހުރިހާ ނުބައިކަމެއް ކޮށްފައި ދުނިޔެއަށް ފިލަން މަރުވެއްޖެ ކަމަށް ހެދުނު މަކަރުވެރިޔާ ހަމަމިހާރު މިގެއިން ނުކުންނާށެވެ! މިގެ ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެއެވެ. ތިބާއަށް ހަމަ އެންމެ ޙައްގުކަން ބޮޑީ ކައްވަލެވެ!" 

ދުވަސްކޮޅެއް ފަހުން ދެމީހުންވެސް ދެ މީހުންނާ ކައިވެނިކުރީއެވެ. އެއް ދުވަހެއްގައެވެ. ދެ ޢާއިލާވެސް މިއުޅެނީ ހަމައެކުގައި އަހަރެންގެ ގޭގައެވެ. އުފާވެރިކަމުގައެވެ. ހިތަށް އަރަނީ އިންސާނުން ނުބައި ނުލަފާވުމުގައިވެސް ހައްދެއް އޮންނަންވާނެ ނޫންހެއްޔެވެ؟ އަހަރެންގެ ކުރީގެ ފިރިމީހާ ގޮތަށް މަރުވެގެން ތިބި ކިތައް ފިރިހެނުން ދުނިޔޭގައި ތިބޭނެބާވައެވެ! 

މިއަދު ޑްރާމާ ކުޅެވިދާނެއެވެ. އަންހެންކުދިންނަކީ ޟަޢީފް ބައަކަށްވުމުން މަޅީގައި ޖައްސައި ކަތިލަމުން ދުވެވިދާނެއެވެ. ފުރާނަ ނެތިގެން ކައްވަޅަށް ދާންޖެހޭނެ ދުވަހާއި ބައްދަލުނުކޮށް ހަމަ އެކަކަށްވެސް ސަލާމަތެއް ނުވެވޭނެއެވެ. މިވާހަ ނޫސްތަކާއި ޙިއްޞާ މިކުރީ މިފަދަ ފިރިހެނުންނާއިމެދު ހޭލުންތެރިވުމަށް އެހީތެރިވުމުގެ ގޮތުންނެވެ. 

- ނަސްރީނާ ޢަލީ ޚާން / މުންބާއީ، އިންޑިއާ

މިއަދު އޮންލައިން