ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވީ 106 މީހުންނެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 106 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 16 މީހުންނެވެ.
އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 130 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5333 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 77639 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 79525 އަށް އަރައިފައެވެ. މި ބައްޔަށް 1652 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 15 މީހުންނަށެވެ.
މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 222 މީހުންނެވެ.