ރޯދައަށް ތިބެގެންވެސް، އަބަދުވެސް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރޯދައަށް ތިބެގެންވެސް، އަބަދުވެސް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

އަޅުގަނޑުމެންގެ ތެރެއިން އެއް ބައަކު ހޯމަދުވަހުން ފެށިގެން ދަނީ ރޯދަހިފަމުންނެވެ. ގިނަބައަކު މިއަދު މިތިބީ ރޯދައަށެވެ. އަދި މާދަމާވެސް ތިބޭނީ ރޯދައަށެވެ. އިން ޝާ ﷲ

ރޯދައަށް ތިބެގެން ކުރަން އޮތް އެންމެ މުހިންމުކަމަކީ ކީރިތި ޤުރްއާންކިޔެވުން ގިނަކުރުމާއި ގިނަގިނައިން ދުޢާކުރުމެވެ. އެގޮތުން މިބުނަލަދެނީ އެންމެންވެސް ވަރަށް ފަރިތަ، ދަންނަ ދޫމައްޗަށް ފަސޭހަ އަދި އެހައިމެ ބޮޑު ފައިދާވެސް ލިބިގެންދާދުޢާއެކެވެ.

سَمِعۡنَا وَاَطَعۡنَا غُفۡرَانَكَ رَبَّنَا وَاِلَيۡكَ الۡمَصِيۡرُ‏

ތިމަންމެން އަހައި ކިޔަމަން ވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަ ފުއްއްސަވައި ފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (سورة البقرة: 285)

އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަން މިދުޢާގައި ހިމެނިގެންވެއެވެ. އެއީ 1، މިތިބީ ބިރުވެތިވެ ކިޔަމަންވެގެންކަން، 2 ފާފަފުއްސަވައި ދެއްވެވުން އެދި ދަންނަވާކަން 3 ޤިޔާމަތްވާނެ ކަމާއި ހިސާބު ބެލެވި ޙައްޤު އަޛާބު ލިބިގެންދާނެކަން ޤަބޫލުކުރާކަން 

މިއީ ދުޢާ ޢިޖާބަކުރެއްވެވުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަމެވެ. އެހެނީ ﷲ ތަޢާލާ މަތިވެރިކުރުމާއި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި ޤިޔާމަތްދުވަހަށް ބިރުވެތިވާކަން ބަޔާންކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

ވީމާ މިދުޢާއަކީ ކުރު، ދޫމައްޗަށް ފަސޭހަ، އަދި އެންމެންނަށްވެސް އެނގޭ ދުޢާއެއްކަމަށްވުމުން ހަނދާންކޮށްލަދިނީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން