ރާއްޖޭގެ އިސްލާމީ އިންޝުއަރަންސް ކުންފުނިތަކަށް މިހާރު އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރާއްޖޭގެ އިސްލާމީ އިންޝުއަރަންސް ކުންފުނިތަކަށް މިހާރު އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ!

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އިސްލާމީ އިންޝުއަރަނންސްގެ ދާއިރާއިންނެވެ. ވީމާ ޑރ. ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ގެ ސަބަބުން ރާއްޖޭގައި ހިންގާ އިސްލާމީ އިންޝުއަރަންސް ކުންފުނިތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. 

އިސްލާމިކް ފިނޭންސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުން މިހާރުވެސް ގެންދަވަނީ އިސްލާމީ އުޞޫލުން ހިންގާ ބޭންކްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. 

ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިސްލާމީ ނިޒާމުން ހިންގާ ބޭންކްތަކާއި އިންޝުއަރަނަސް ކުންފުނިތަކެވެ. ރާއްޖެއަށް ބަލައިފިނަމަ މޯލްޑިވްސް އިސްލާމިކް ބޭންކާއި އަމާނާ ތަކާފުލްގެ ކާމިޔާބީ ފާހަގަކުރަންޖެހެއެވެ.

މިއަދު އޮންލައިން