މަރުޙަބާ! ޑރ. ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަރުޙަބާ! ޑރ. ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް

މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ޕީއެޗްޑީ ޙާޞިލްކުރައްވައިފިއެވެ. ވީމާ މިހާރު އެމަނިފާނަކީ ޑރ. ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް އެވެ. 

ޑރ. ޢަލީ ޒާހިރަށް މަރުޙަބާވިދާޅުވެ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

" އަލްއަޚް ޢަލީ ޒާހިރު ބިން ސަޢީދް ޤާސިމް ޕީއެޗްޑީ ގެ ވައިވާ ފުރިހަމަ ކުރެއްވި ކަމަށްޓަކައި ވަރަށް ހޫނު މަރްޙަބާ އެއް ދަންނަވަން. ދުޢާ އަކީ ލިބިވަޑައިގެންނެވި ޢިލްމާއި އެއްގޮތަށް ޢަމަލު ކުރައްވާ، ބަޔަކު މީހުން ދައްކާ ބިރަކަށް ނުސިހި ޙައްގު ބަސް ވިދާޅުވާ ބޭފުޅަކު ކަމުގައި ލެއްވުން. އާމީން." 

ޑރ. ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭސިޔާއިންނެވެ. 

މިފުރުޞަތުގަ ޑރ. ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް އަށް މިއަދުނޫސް ޓީމުން ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަމެވެ. އަދި އެމަނިކުފާނަކީވެސް ފަތިސްނަމާދުގެ ޖަމާއަތުން ބައްދަލުވާ ދީނީ ކަންކަމަށް ސަމާލުކަން ދެއްވާ ޝައިޚެއްކަންވެސް ފާހަގަކޮށްލަމެވެ. 

މިއަދު އޮންލައިން