ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން 7: ﷲ ގެ ކޯފާއަށް ބިރުވެތިވާންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން 7: ﷲ ގެ ކޯފާއަށް ބިރުވެތިވާންޖެހޭ!

(وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾ ) 

ތިމަން ﷲ އިރާދަ ކުރައްވައިފިނަމަ، ބިންގަނޑުގައި ޢިމާރާތެއް، ގަހެއް ނުހުންނަ ފަދައިން ލައްވާހުށީހެވެ. 

ސޫރަތު ޠާހާގެ 105 އިން 107 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾  ) މާނައަކީ: "އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ. ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ." ވީމާ، އެތަކެއްޗަކީ ކުރިން ނުވާ އެއްޗެއްގެ ގޮތުގައި މާތް ﷲ ލައްވާނެތެވެ. ސޫރަތު ޔޫނުސްގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (كَأَن لَّمْ تَغْنَ بِالْأَمْسِ) މާނައަކީ: "އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

މިއަދު އޮންލައިން