އެއްވެސް މީހަކަށް ކުރެވުނު ކުށަކާއި ގުޅިގެން މާފަށް އެދިއްޖެނަމަ މާފުކުރަން ފަސްނުޖެހޭށެވެ! އޭނާގެކިބައިން މާދަމާ މާފަށް އެދެންޖެހޭނީ ތިބާކަމަށްވުމަކީވެސް ހަމަ ކައިރި ކަމެކެވެ. ކުށް ކުރެވެނީ ވަކި މީހަކަށް ނޫނެވެ. އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ!
މީސްތަކުންނަށް އޯގާތެރި ރަޙުމްކުރާ މީހަކު ކަމުގަވާށެވެ! الله ގެ ރަޙްމަތް ތިބާ އަށް ލިބޭނީ ތިބާ އެހެން މަޚްލޫގުންނަށް ރަޙުމްކުރި މިންވަރަކުންނެވެ.
އެނގިގެން މިދަނީ ތިބާއަށް ޢަފޫކުރެއްވެވުން ވަނީ ތިބާ އެހެން މީހުންނަށް މާފުކުރާ މިންވަރަކުން ކަމެވެ.
މީސްތަކުންނާއި މުޢާމަލާތް ކުރަންވީ ގޮތް ބަޔާން ކުރައްވާ ކީރިތި ގުރްއާނުގެ ސޫރަތުލް އަޢްރާފްގެ 199 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. "ކަލޭގެފާނު ޢަފޫ ކުރެވުއްމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ. އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ."