މިއަދުގެ މެންދުރު ނަމާދަށް އާސަހަރާ މިސްކިތަށް ވަޑައިގަތުމުން އުހުދު ފަރުބަދައިގެ 6 ފަރުބަދައާ އެއްވަރުގެ ޘަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މިއަދުގެ މެންދުރު ނަމާދަށް އާސަހަރާ މިސްކިތަށް ވަޑައިގަތުމުން އުހުދު ފަރުބަދައިގެ 6 ފަރުބަދައާ އެއްވަރުގެ ޘަވާބު!

މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި 2 މައްޔިތުންގެ މައްޗަށް ކަށުނަމާދުކުރުން އެބައޮތެވެ. ކަށުނަމާދާއި 2 މައްޔިތުންގެ ޖަނާޒާގައި ބައިވެރވުމުން އުހުދު ފަރުބަދައިގެ 4 ފަރުބަދައާ އެއްވަރުގެ ޘަވާބު ދެއްވަވާނެތެވެ! އިން ޝާ

މީގެ އިތުރުން 1 މައްޔިތުގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިވެސް އެބައޮތެވެ. އެކަށުނަމާދާއި ޖަނާޒާގައި ބައިވެރިވުމުން އުހުދުފަރުބަދައިގެ 2 ފަރުބަދަހައި ޘަވާބު ދެއްވަވާނެތެވެ.

މީގެ އިތުރުން އާސަހަރާ މިސްކިތުގައި ކަށުނަމާދުކުރާ މީހުން އިސްލާމީ މަރުކަޒުގައި ކަށުނަމާދުކުރާ މައްޔިތުގެ ޖަނާޒާގައި ބައިވެރިވުމުން އުހުދު ފަރުބަދައިގެ 1 ފަރުބަދަ ވަރުގެ ޘަވާބު ދެއްވަވާނެތެވެ.

ވީމާ އާސަހަރާ މިސްކިތުގެ ކަށުނަމާދަށް މިއަދު މެންދުރުދާ މީހުންނަށް އުހުދު ފަރުބަދައިގެ 5 ފަރުބަދަހައި ގިން ޘަވާބު ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އިން ޝާ ﷲ މިފަދަ ފުރުޞަތުތަކަކީ ދޫކޮށްލަން ހެޔޮވާނެ ފުރުޞަތުތަކެއް ނޫނެވެ.

 

 

މިއަދު އޮންލައިން