މާތް ﷲ ގެ ވާގިފުޅުން މިވަގުތު ރާއްޖޭގައި ކޮރޯނާގެ ޙާލަތުރަނގަޅެވެ. ނަމަވެސް މިހާރުވެސް ބަލިޖެހޭ މީހުންގެ ޢަދަދު ދުވާލަކު އުޅެނީ 100 އިން މަތީގައެވެ. އެހެންކަމުން ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އަދިވެސް އެބަ އޮތެވެ.
ވޮކްސިން ޖެހިނަމަވެސް ބައްޔަށް ޕޮޒިޓިވްވުމަކީ ވެކްސިން ނުޖަހަންވީ ސަބަބެއް ނޫނެވެ. ވެކްސިން ޖަހައިގެން ހުއްޓާ ބަލި ޖެހުނު ނަމަވެސް ފުރާނައަށް ނުރައްކާވާ މިންވަރުކުޑަކޮށްދެއެވެ. އަދި ބަލިޖެހުމުގެ ފުރުޞަތުވެސް ކުޑަކޮށްދެއެވެ.
މާތް ﷲ ގެ ޙަޟްރަތުން ވާގިއެދެން އޮތީވެސް ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެއެވެ. އަތްއުރާލައި އެއްވެސް ކަމެއް ނުކޮށް ތިބެގެނެއް ނޫނެވެ. ވީމާ ކޮންމެ ބޭފުޅަކުވެސް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކުރެއްވުމަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމެވެ.
ލޮކްޑައުން ކުރަންޖެހުމުން އެންމެންނަށްވެސް އެކަމުގެ ގެއްލުން ލިބެއެވެ. ވީމާ ފަރުދީ ޒިންމާއަދާކުރުން އެއީ ކުރަންޖެހޭނެ ކަމެއްކަމަށް ދެކެމާތޯއެވެ؟ ރާއްޖެ ނޫން އެހެން ޤައުމުތަކުގެ ތަޖުރިބާއަށް ބެލިނަމަވެސް ރާޅުތައް ދަނީ އިތުރަށް ނަގަމުންނެވެ. ވީމާ ރާއްޖެއަށް މިހާރު މިވަނީ ބަލިން ސަލާމަތްވެވިފައިކަމަށް ބަލައިގެން ތިބުމަކީ ބުއްދިވެރިގޮތެއް ނޫނެވެ.