ކޮވިޑްބަލީގެ ނުރައްކާތެރިކަން ބޮޑުވާ އެންމެ ބޮޑު ސަބަބަކީ ބަލިން ގަދަވިނަމަވެސް ކުރިމަތިވާ ނުރައްކާތައް ގިނަވުމެވެ. މިގޮތުން 200 އަށްވުރެ ގިނަ ތަފާތު މައްސަލަތައް ކުރިމަތިވާކަން ޑަބްލިޔުއެޗްއޯއިން މިހާރުވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެތެރޭގައި ނޭވާކުރުވުމާއި ސިކުނޑީގެ މަސައްކަތް ލަސްވުމާއި، މޭގައި ރިއްސުމާއި ވާހަކަދައްކަން އުނދަގޫވުމާއި ހާސްވެ ކަންބޮޑުވުމާއި މަސްލްސްތަކުގައި ރިއްސުމާއި އައްސިވުމާއި ހުން އައުމާއި ވަސްނުދުވުމާއި ރަހަނުލުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ހިމެނެއެވެ.
މިކަންކަން ކިހާދުވަހެއްވަންދެން ހުރެދާނެތޯ؟ ކުރެވޭ ސުވާލަށް އަދި ޖަވާބެއް ނެތެވެ. މިހައިތަނަށް އެނގިފައިވާ މިންވަރުން އެނގެނީ 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަކަށް އުނދަގޫތައް ހުންނަކަމަށެވެ. ނަމަވެސް އިތުރު ދިރާސާތައް ކުރަމުންދާތީ އަދި ޔަޤީންކަމާއިއެކު މުއްދަތު ބުނެވޭކަސް ނެތެވެ.
ޙައްލަކީ ކޮބާ؟
ޙައްލު އަދި ފެންނާކަށް ނެތެވެ. ނަމަވެސް އެއްވެސް އިތުރު އުނދަގުލެއް ހުރިކަން އިޙްޞާޞްކުރެވޭނަމަ ވީހައި އަވަހަކަށް ޑިކްޓަރަސް ދައްކައިގެން ފަރުވާ ހޯދަންފަށަން ޑަބްލިޔޫއެޗްއޯ އިން އިލްތިމާސް ކުރެއެވެ.