ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވީ 131 މީހުންނެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 131 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުންނެވެ.
އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 104 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5198 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 75353 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 78130 އަށް އަރައިފައެވެ. މި ބައްޔަށް 2543 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 24 މީހުންނަށެވެ.
މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 222 މީހުންނެވެ.