މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 123 މީހުން! މާލޭ ސަރަހައްދުން 21 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 123 މީހުން! މާލޭ ސަރަހައްދުން 21 މީހުން!

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވީ 123 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 123 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުންނެވެ. 

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 107 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5024 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 74598 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 77432 އަށް އަރައިފައެވެ. މި ބައްޔަށް 2601 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 16 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 221 މީހުންނެވެ.

މިއަދު އޮންލައިން