މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 108 މީހުން! މާލޭ ސަރަހައްދުން 17 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 108 މީހުން! މާލޭ ސަރަހައްދުން 17 މީހުން!

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވީ 108 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 108 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 17މީހުންނެވެ. 

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 141 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5272 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 74429 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 77202 އަށް އަރައިފައެވެ. މި ބައްޔަށް 2541 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 14 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 220 މީހުންނެވެ.

މިއަދު އޮންލައިން