އަހަރެންގެ ފުރަތަމަ ފިރިމީހާއަކީ މިލިއަނަރެކެވެ. ކައިވެންޏަށް 30 އަހަރު ފުރުނުތަނާ އެނާގެ ސެކްޓްރީ ދެކެ ލޯބިވެ އަހަރެން ވަރިކުރަން ބޭނުންވެއްޖެއެވެ. އަދި ލޯބިވެރިޔާ ބޭނުންވަނީ އަހަރެން ދިރިއުޅޭ ގޭގައި އުޅެންކަމަށްވުމުން 3 ދުވަސްތެރޭގައި ގެއިން ނުކުންނަން އަހަރެންނަށް އެންގިއެވެ.
އެންގި ގޮތަށް އަހަރެން ކަންތައް ކުރީމެވެ. ގެއިން ނުކުތީމެވެ. ނަމަވެސް ނުކުތުމުގެ ކުރިން ކަމެއް ކޮށްލީމެވެ. އެއީ އެރޭ ކެއްކި ޑިނގާތަކުގެ ބޭރު ތޮށި ކޮޓަރިތަކުގެ ދޮރުފޮތި ދަމާ ރޭލުގެތެރެއަށް އެޅުމެވެ.
ނަތީޖާއަކަށްވީ ގެއިން ކުނިވަސްދުވަސްފެށުމެވެ. ވަސްފިލުވަން އެމީހުން ނުކުރާ ކަމެއް ނެތެވެ. ގޭގެ ކާޕެޓްތައްވެސް ބަދަލުކުރިއެވެ. ވަސްމީރުން ގެ ފުރައިލިއެވެ. ނަމަވެސް ހަމަ އެއްވެސް ބަދަލެއް ނައެވެ. އެމީހުންނަށް ޖެހުނީ ގެއިން ނުކުންނާށެވެ. ގެއިން ނުކުމެފައި ގޭގެ އަގުގެ ދެބައިކުޅަ އެއްބައި ކުޑައަގަކަށް ވިއްކާލަން އުޅެގެންވެސް ނުވިކުނެވެ.
އެދުވަސްވަރު އަހަރެން ގުޅީމެވެ. އަހަރެން ބުނީމެވެ. ވަރިކުރުމުގެ އަގަށް ދޭންޖެހޭ ފައިސާގެ ތެރެއިން އުނިކުރާގޮތަށް ގެ ގަންނަން އަހަރެން ބޭނުމެވެ. އެކަމަށް އެއްބަސްވެ ކުޑަ އަގަކަށް ގެ އަހަރެންނަށް ވިއްކިއެވެ. ގެ އަހަރެންގެ ނަމަށް ބަދަލުކުރެވުމުން ގެއަށް ބަދަލުވެ ގެއިން ވަސްފިލުވައިލީމެވެ.
ފިރިމީހާ އެއްދުވަހު ގުޅާފައި ކަމަކާ މަޝްވަރާކުރަން ބޭނުންކަމަށް ބުނުމުން އަހަރެން އެދުނީ ގެއަށް ދެމީހުން އައުމަށެވެ. ދެމީހުން ގެއަށް އައިސް ސިޓިންރޫމްގައި އިށީނުމުން އެނގުނީ ގެއިން އެއްވެސް ވަހެއް ނުދުވާކަމެވެ. ވަރަށް ބޮޑަށް ހައިރާންވެ ވަސްކެނޑުވި ގޮތަކާއިބެހޭގޮތުން ސުވާލުކުރީމާ ބުނީމެވެ.
"އެވަހަކީ ކަލެއަށް ތަނަވަސްކަން ހޯދައިދޭން މަސައްކަތްކުރި އަނބިމިހާ ބޭރުކޮށްލުމަށްފަހު ކުނި އަންހެނަކު ގެނެސް ގެއަށް ވެއްދުމުން އެކަމާއި ރުޅި އައިސްގެން ގެ ކުރިކަމެކެވެ. އަހަރެން ދިރިއުޅެން ފެށުމުން ވަސްފިލީއެވެ."
ބުނުމާއިއެކު އަންހެން މީހާ ތެދުވެގެން ހިނގައްޖެއެވެ. އަހަރެން ދިން މެސެޖު އެނގުމުން ނަމަވެސް ނުވަތަ އެހައިތަނަށް ލިބުނު ތަޖުރިބާގެ ހިތިކަމުން ނަމަވެސް ނުވަތަ ކުށެއްކުރެވުނަސް އަހަރެން ދެކެ ލޯބިވާތީ ނަމަވެސް ފިރިމީހާ ގެއިން ދާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ އަހަރެންނާއިއެކު ދިރިއުޅޭށެވެ. ވަރިކުރުމުގެ މައްސަލަވެސް އެހިސާބުން ހުއްޓުނީއެވެ. ސެކެޓްރީ އާއިއެކު އޮތް ލޯބީގެ ކުޅިގަނޑުވެސް ނިމުނީއެވެ.
އެކުވެރި އުޚުތުންނޭވެ! ބުއްދީގެ ބޭނުންކުރާށެވެ! އަހަރެމެން އަންހެނުންގެ ބުއްދި މާމޮޅުވާނެއެވެ.
- ޖެނިފާ