މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ އެންމެ 35 މީހުން! ޖުމްލަ 253 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ އެންމެ 35 މީހުން! ޖުމްލަ 253 މީހުން!

ކޮވިޑް19 އަށް މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ އެންމެ 35 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 35 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 253 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 187 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4784 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 67148 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72149 އަށް އަރައިފައެވެ. މި ބައްޔަށް 4784 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 44 މީހުންނަށެވެ.

މި ބަލީގައި މިއަދު ނިޔާވެފައިވަނީ 206 މީހުންނެވެ.

މިއަދު އޮންލައިން