މާލޭ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި އަދަދު 51 އަށް ތިރިވެއްޖެ! ޖުމްލަ 142 ގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
މާލޭ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި އަދަދު 51 އަށް ތިރިވެއްޖެ! ޖުމްލަ 142 ގައި!

މާލޭ ސަރަހައްދުން މިއަދު 51 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 51 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 142 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 218 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3520 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 65178  އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 71498 އަށް އަރައިފައެވެ. މި ބައްޔަށް 6106 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 53 މީހުންނަށެވެ.

މި ބަލީގައި މިއަދު ދެމީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 203 މީހުންނެވެ.

މިއަދު އޮންލައިން