އިތުރު ހަތްދިހަ އެއްމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިތުރު ހަތްދިހަ އެއްމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 71 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 71 މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 56 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 26 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11010 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ  11,893 އަށް އަރައިފައެވެ. މި ބައްޔަށް 838 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 56 މީހަކަށެވެ.

މި ބަލީގައި 38 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން