ފަރުޟް ނަމާދާ ސުންނަތް ނަމާދުތަކުގައިވެސް ފަހު އައްތަޙިއްޔާތަކީ ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން ލިބޭ އަގުހުރި ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފަރުޟް ނަމާދާ ސުންނަތް ނަމާދުތަކުގައިވެސް ފަހު އައްތަޙިއްޔާތަކީ
ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން ލިބޭ އަގުހުރި ފުރުޞަތެއް!


އަބަދުވެސް މިތިބެނީ ކަންކަމަށް ބޭނުންވެގެންނެވެ. ނަމާދުގައި ކުރާ ސަޖިދައިގައި އޮވެގެންނާއި ފަހު އައްތަޙިއްޔާތަކީވެސް ދުޢާކުރަން ލިބޭ އަގުހުރި ފުރުޞަތެވެ.

ފަހު އައްތަޙއްޔާތުގައި ދުޢާކުރުމާއިބެހޭގޮތުން ޑރ. ޝަހީމްގެ ބަސްފުޅު:  

ފަރުޟު ނަމާދުގައިވެސް ސުންނަތް ނަމާދުގައިވެސް ފުރަތަމަ އައްތަޙިއްޔާތާއި ފަހު އައްތަޙިއްޔާތާއި 2 އައްތަޙިއްޔާތުވެސް ކިޔަންވާނެއެވެ.  

ޚާއްޞަގޮތެއްގައި ފަހު އައްތަޙިއްޔާތުގައި އިބްރާހީމް ޞަލަވާތް ކިޔެވުމަށްފަހު ފަހަތުން އަންނަ ދުޢާތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެ ދުޢާތަކުގައި ވަނީ ފާފަ ފުއްސަވައިދެއްވެވުމަށާއި އެކަންކަމުން ރައްކައުތެރިކަމަށް އެދި ދުޢާކުރުމަށް ރަސޫލް (ﷺ) އިރުޝާދު ދެއްވަވާފައިވާ ކަންކަމެވެ. 

ވީމާ ފަރުޟު ނަމާދުތަކުގައިވެސް އަދި ސުންނަތް ނަމާދުތަކުގައިވެސް 2 އައްތަޙިއްޔާތުވެސް ކިޔަންވާނެއެވެ. އަދި އައްތަޙިއްޔާތުގައި އެމީހަކު އެދެން ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަމުން ވެސް ގެންދާށެވެ! 

--މިއަދުނޫސް

 

 

 

 

 

މިއަދު އޮންލައިން