ހެލްތް މިނިސްޓަރުކަމުން އަމީން އިސްތިއުފާ ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ހެލްތް މިނިސްޓަރުކަމުން އަމީން އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓަރުކަމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަމީން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިރޭ  ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. 

މި ސިޓީގައި އަމީން ވިދާޅުވެފައިވަނީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށާއި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ. އަދި މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލު ކުރެވޭތީ މިއަދުން ފެށިގެން މިނިސްޓަ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީނީ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރައްވާ އަމީން އިސްތިއުފާ ދެއްވި އިރު، އޭނާ މިނިސްޓަރުކަމުން ވަކި ކުރަން އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފައެވެ.

މިއަދު އޮންލައިން