މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 22 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 32 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 10201 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11,232 އަށް އަރައިފައެވެ. މި ބައްޔަށް 987 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 39 މީހަކަށެވެ.

މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.

 

މިއަދު އޮންލައިން