މިއަދު ޕޮޒިޓިވްވީ ތިރީސް ދެމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަދު ޕޮޒިޓިވްވީ ތިރީސް ދެމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 32 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 5 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 24 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 10164 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11,210 އަށް އަރައިފައެވެ. މި ބައްޔަށް 1002 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 37 މީހަކަށެވެ.

މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.

 

މިއަދު އޮންލައިން