ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު މެންދުރު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.  

މިއީ މިބަލި ޖެހިގެން ރާއްޖޭގައި ނިޔާވި 37 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 10097އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11,178 އަށް އަރައިފައެވެ. މި ބައްޔަށް 1138 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 43 މީހަކަށެވެ.

މިއަދު އޮންލައިން