އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 24 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 4 ބިދޭސީންނެވެ.
ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 41 މީހުންނެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 10097އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11,178 އަށް އަރައިފައެވެ. މި ބައްޔަށް 1138 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 43 މީހަކަށެވެ.
މި ބަލީގައި 36 މީހަކު ވަނީ ނިޔާވެފައެވެ.