ކާފިއު ވަގުތު ރޭގަނޑު 11 އިން ފަތިހު 4 ކަށް ބަދަލުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ކާފިއު ވަގުތު ރޭގަނޑު 11 އިން ފަތިހު 4 ކަށް ބަދަލުކޮށްފި!

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގެ ކާފިއު ވަގުތު ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ސަރުކާރުން ބަދަލުކޮށްފިއެވެ. 

އެޗްޕީއޭ އިން ބުނެފައިވަނީ ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

މީގެއިތުރުން ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފަތިހު 4:00 ނޫން ވަގުތު ތަކުގައި ދެވޭނެކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވަނީ ބުނެފައެވެ.

މިއަދު އޮންލައިން