މިއަދު ޕޮޒިޓިވްވީ ސާޅީސް އެއްމީހުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަދު ޕޮޒިޓިވްވީ ސާޅީސް އެއްމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 41 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 41 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 4 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 51 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 9،995 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11,154 އަށް އަރައިފައެވެ. މި ބައްޔަށް 1117 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 49 މީހަކަށެވެ.

މި ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ.

 

މިއަދު އޮންލައިން