މައިކްރޮސޮފްޓް ވޯޑުން ލިޔަމުން ގެންދާއިރު މުޙައްމަދުގެފާނު، ރަސޫލް ﷺ ގެ ނަންފުޅު ލިޔާއިރު އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ނަންފުޅު ލިޔެފަ އިނގިރޭސިއަކުރުން fdfa ލިޔެފަ ޢޯލްޓް އަދި އެކްސް އަކުރަށް އެއްފަހަތާ ފިއްތައިލުމެވެ. އެއިރުން ﷺ އަށް އަމިއްލައަށް ބަދަލުވެގެންދާނެއެވެ.
ދިވެހިބަހުން ލިޔަމުން ގެންދާއިރު އެކަންކުރަންވުމުން އިނގިރޭސިއަށް ކީބޯޑް ބަދަލުކޮށްލާށެވެ. އެއްފަހަރު އެގޮތަށް ބަދަލުކޮށްގެން ލިޔުމަށްފަހު ކޮޕީ ޕޭސްޓް ހަދަމުން ގެންދިއުމުން ކޮންމެފަހަރަކު ކީބޯޑް ބަދަލުކުރާކަށް ނުޖެހޭނެއެވެ.
މައުލޫމާތު: މުޙައްމަދު ޢާޞިފް (މޮންދު)