ނަމާދުގަ ކިޔަން ޖެހޭ ޛިކުރު ފިޔަވައި އިތުރަށް ޛިކުރުނުކޮށް ތިބޭނަމަ ޝުކުރުވެރިވޭހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނަމާދުގަ ކިޔަން ޖެހޭ ޛިކުރު ފިޔަވައި އިތުރަށް ޛިކުރުނުކޮށް ތިބޭނަމަ ޝުކުރުވެރިވޭހެއްޔެވެ؟: މުފްތީ މެންކް

މިއަދު ބަހެއް ބުނަން މިއުޅެނީ ޝުކުރުވެރިވުމާއިމެދުގައެވެ. ޝުކުރުވެރިވުމުގެ ވާހަކަ ދައްކާއިރު ނިކަން ބުނެބަލާށެވެ. ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ﷲ ތަޢާލާެ މަތިް ހަނދުމަކުރުމަކީވެސް ޛިކުރުކުރުމެވެ.  

ﷲ ތަޢާލާ އަށް ޝުކުރުވެރިވުމުގެ ވާހަކައަކީ އެންމެ މުހިންމު ވާހަކައެވެ. އެންމެ ގިނައިން ދައްކަންޖެހޭ ވާހަކައެވެ. ނަމަވެސް ގިނައިން ދެއްކެނީ ކޮންމެވެސް މީހަކަށް ޝުކުރުވެރިވުމުގެ ވާހަކައެވެ. 

މީހަކު ކިތަންމެ ކުޑނަމަވެސް ކަމެއް ކޮށްދީފިނަމަ ޝުކުރުވެރިވެ ހެވިފައި ހުރެގެން 2،3 ފަހަރު ޝުކުރިއްޔާއެވެ. ބުނެފިނަމަ އެމީހަކު ހުންނާނީ އުފަލުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ހިނގަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކީ ޝުކުރިއްޔާއެވެ ކިތަންމެ ގިނައިން ބުނުމަކުން އަދި ނުފުދޭކަމެވެ. ޝުކުރުވެރިވާކަން އަމަލުން ދައްކަން ޖެހެއެވެ. އަމަލުން ދައްކަން ކުރަން ޖެހޭ ކަމަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް ކުރަމުން ގެންދިއުމެވެ. 

ހަމައެއާއިއެކު މީހަކަށް ޝުކުރުވެރިވުމުން އެމީހަކު ވެސް ޝުކުރިއްޔާއެވެ. ބުނާ ހިސާބުން އެކަން އޮންނަނީ ނިމިފައެވެ. ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އެކަންވެސް ތަފާތެވެ. މީހަކު ﷲ ތަޢާލާއަށް ޝުކުރުވެރިވެއްޖެ ނަމަ އެމީހަކަށްޓަކައި އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން