ކިރުޕެކެޓްތައް އުކާލަންޖެހުނީ ތައުލީމީވަޒީރުގެ މުރަނގަގަހު މާލިމީކަން ބޮޑުވެ ހިތުގަ ﷲ އަށް ބިރެއް ނެތުމުންކަން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކިރުޕެކެޓްތައް އުކާލަންޖެހުނީ ތައުލީމީވަޒީރުގެ މުރަނގަގަހު މާލިމީކަން ބޮޑުވެ ހިތުގަ ﷲ އަށް ބިރެއް ނެތުމުންކަން ހާމަވެއްޖެ!

"ޑވޮންދޭލް ކުންފުނިން ކުޑަކުދިންނަށް ޚާއްޞަ ޔޫއެޗްޓީމިލްކެއް އުފައްދައި ރާއްޖެ ފޮނުވާފައެއް. ނުވާނެ! ހަމަ ބޮޑެތި މީހުންނަށްވެސް ބޮވޭނެ ކިރެއް ރާއްޖެއަށް ފޮނުވީ. ހަމަ ތެދެއްތަ؟ މިހައި ދަތިކަންބޮޑު ދުވަސްވަރެއްގައިވެސް ހަމަ ޕެކެޓްތަކެއް އުކައިލީތަ؟ އަދިވެސް ހަމަ މިނިސްޓަރު ހުރީ ވަޒީރުކަމުގައިގައިތަ؟" 

މިއީ އެޑިޔުކޭޝަން މިނިސްޓްރީން އުކައިލި ކިރު ޕެކެޓްތަކާއިބެހޭ ގޮތުން އޮސްޓްރޭލިޔާގައި ދިރިއުޅޭ މިއަދުނޫހުގެ ކިޔުންތެރިއަކު ޑެވޮންޑޭލް ކުންފުނީގެ ވެރިއަކާއި ވާހަކަ ދެއްކުން އޭނާ ބުނެފައިވެއެވެ. 

ކިޔުންތެރިޔާ ސުވާލުކުރީ މިފަދައިންނެވެ. "ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލްތަކުގައި ބްރެކްފާސްޓަށް ދޭން އެޑޔުކޭޝަން މިނިސްޓްރީގެ އޯޑަރަށް ގެންގޮސްފަ ހުރި ޔޫއެޗްޓީ މިލްކްތަކެއް މުއްދަތު ހަމަވެގެން އުކާލައިފި. އެޑިޔުކޭޝަން މިނިސްޓްރީން އެބަ ބުނޭ ދަރިވަރުންނަށް ބޯންދޭން ބެލެނިވެރިންނަށް ބެހިކަމަށް. އެކަމަކު ޢާންމުންނަކަށް ނުބަހާ. ނުވެސް އަންގާ! އެއީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން އުފައްދާފައި ހުރި މިލްކަކީތޯ؟ ބޮޑެތި މީހުން ބުއީމާ އަންނާނެ ސައިޑް އިފެކްޓަކީ ކޮބައިތޯ؟" އެވެ. 

ކިރު ޕެކެޓްތައް އުކާލަން ޖެހުނީ ފަޤީރުންނަށް ނުބަހީތީއެވެ. ފަޤީރން ނޫން ނަމަވެސް ޢާންމުކޮށް ބަހައިލި ނަމަ އެ ކިރުޕެކެޓްތައް އެންމެ ދުވަހެއްގެ ތެރޭގައި ބަހައިލުމުގެ ފުރުޞަތު ވެސް ލިބުނެވެ. އެކަމަށް ހުރަސްއެޅިގެން ދިއައީ ތައުޅިމީ ވަޒީރުގެ މުރަގަނގަހު މާލިމީކަން ބޮޑުކަމުންނެވެ. އެއީ ކޮރޯނާ ފެތުރިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް މަސް ދެމަސް 3 މަސް ދުވަހަށް ލޮކް ޑައުން ޙާލަތު އިއުލާނުކުރަމުން ގެންދިއައިރު އެކަމަނާ ފިލާއަޅައި މަންޒަރު ބަލަނީ މުރނގަގަހުންނެވެ. އެއިރުން މިވީ ގޮތަކީ އެހެން ޤައުމުތަކުގައި މަސް ދެމަސް 3 މަހަށް ކުރި ޕްލޭންތައް އެކަމނާއަކަށް ކުރެވެނީ ހަފްތާއަކުން ހަފްތާއަކުންނެވެ. އެއީ މުރަނގަގަހުގައި އިންނަ ޓެލެސްކޯޕުން އެއަށްވުރެ ދުރު ނުފެންނާތީއެވެ. 

އެކަމުގެ ނަތީޖާއަކަށްވީ ހަފްތާ ހަފްތާ އަންނަ ހަފްތާ މަސްތަކަށް ބަދަލުވެ ކަންކަން ކުރަން ތިބި މީހުންނަށް ވެސް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތް ނުވުމެވެ. މިނިސްޓަރުގެ ފިލާއެޅުން ކަމުދިއަ ނަމަ އެ ކިރުޕެކެތްތައް އުކައިލާކަށް ނުޖެހުޏީހެވެ. 

ﷲ އަށް ފައުޅުގައި ޖަދަލުކުރާ އެއްވެސް މީހެއްގެ ހިތަކު ﷲ އަށް ބިރުވެތިކަމެއް ނުއޮންނާނެއެވެ. އެފަދަ މީހުންގެ ހިތަކު އިސްރާފުކުރުމަށްވެސ  ބިރުވެތިކަމެއް ނުއޮންނާނެއެވެ!

މިއަދު އޮންލައިން