މީހަކު މަރުވުމުން އެކަމާ ހިތާމަފާޅުކުރުމުގެ ގޮތުން ސްކޫތު ގެނެސް ކޮޅަށް ތިބުމަކީ މުންކަރާތެއް! ބިދުޢައެއް: ސަޢުދީ ފަތުވާދޭ ދާއިމީ ކޮމިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
މީހަކު މަރުވުމުން އެކަމާ ހިތާމަފާޅުކުރުމުގެ ގޮތުން ސްކޫތު ގެނެސް ކޮޅަށް ތިބުމަކީ މުންކަރާތެއް! ބިދުޢައެއް: ސަޢުދީ ފަތުވާދޭ ދާއިމީ ކޮމިޓީ

މީހަކު މަރުވުމުން އެކަމާ ހިތާމަފާޅުކުރުމުގެ ގޮތުން ކުޑަވަޤުތުކޮޅަކު، މިޘާލަކަށް މިނެޓެއް ވަންދެން، ސުކޫތުގައި ތިބުމަކީ ކޮންކަހަލަކަމެއް ހެއްޔެވެ؟

الحمد لله

ޝަހީދުން ނުވަތަ ބޮޑެތިމީހުން ނުވަތަ އެހެންބައަކުވިޔަސް މަރުވުމުން އެމީހުންގެ ފުރާނައަށް މާތްކޮށްހިތުމުގެ ގޮތުން ސުކޫތުގައި ކޮޅަށްތިބުމަކީ މުންކަރާތެކެވެ. 

އަދި އެއީ ނަބިއްޔާ صلى الله عليه وسلم އާއި ޞަހާބީ ބޭކަލުންނާއި އަދި ޞާލިޙުބޭކަލުންވެސް ކުރައްވާފައިވާ ނުވާ، އަލަށް ތަޢާރަފުކޮށްފައިވާ ބިދުޢައެކެވެ. 

އެއީ ﷲ މަތިވެރިކުރުމާއި އެއިލާހަށް އިޚުލާޞްތެރިވުމާއި އެއިލާހު އެއްކައުވަންތަކުރުމުގެ އަދަބާ ޚިލާފުކަމެކެވެ.

ކާފިރުންގެ ތެރެއިން ބައަކު އެކަން ފެށުމުން މުސްލިމުންގެ ތެރެއިން ޖާހިލުބައަކު އެވަނީ އެކަމުގައި އެބައިމީހުންނާ ތަބާވެފައެވެ. އަދި އެބައިމީހުންގެ އެ ހުތުރުކަން ބޮޑު އާދަކާދައިގައްޔާއި އެބައިމީހުންގެ ބޮޑުންނާއި ވެރިންކުރެ ދިރިތިބީންނާއި މަރުވެފައިވާ މީހުންނާމެދު އެބައިމީހުން ޢަމަލުކުރާ ހައްދަފަހަނައަޅާފައި އުޞޫލުތަކުގައި މުސްލިމުން އެވަނީ އެބައިމީހުންނަށް ތަބާވެފައެވެ. 

ނަބިއްޔާ صلى الله عليه وسلم ވަނީ އެބައިމީހުންނާ ވައްތަރުވެގަތުން ނަހީކުރައްވާފައެވެ.

އިސްލާމީ ޢުރުފުގައި އޮންނަ ގޮތުން މަރުވެފައިވާ މީހުންގެ ޙައްޤުތަކުގެ ތެރޭގައި: އެބައިމީހުންނަށްޓަކައި ދުޢާކުރުމާއި އެބައިމީހުންނަށްޓަކައި ޞަދަޤާތްކުރުމާއި އެބައިމީހުންގެ ރަނގަޅުވާހަކަތައް ދެއްކުމާ އަދި އެބައިމީހުންގެ ނުބައިވާހަކަދެއްކުމުން ދުރުހެލިވުން ހިމެނެއެވެ. 

އަދި މިނޫނަސް ވަރަށް ގިނަ އަދަބުއަޚުލާޤުތައް އިސްލާމްދީނުގައިވެއެވެ. އަދި މުސްލިމު އަޚުންގެ ތެރެއިން ދިރިތިބިންނާއި މަރުވެފައިވާ މީހުންނާމެދުވެސް ހެޔޮކޮށް މުޢާމަލާތްކުރުމަށް އިސްލާމްދީންވަނީ ބާރުއަޅާފައެވެ.

އެއިގެ ތެރޭގައި މަރުވެފައިމީހުންނަށްޓަކައި ހިތާމަކުރުމުގެ ގޮތުން ސުކޫތުގައި ކޮޅަށް ތިބުން ނުހިމެނެއެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުކަމެކެވެ.

وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم

الشيخ عبد العزيز بن عبد الله بن باز ، الشيخ عبد الرزاق عفيفي ، الشيخ عبد الله بن غديان ، الشيخ عبد الله بن قعود

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

2/427

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން