އުފާވެރިކަމާ ކާމިޔާބު ލިބިގެންވާ މީހަކަށްވުމަށްޓަކާ ކުރަންޖެހޭ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އުފާވެރިކަމާ ކާމިޔާބު ލިބިގެންވާ މީހަކަށްވުމަށްޓަކާ ކުރަންޖެހޭ 4 ކަމެއް!

ކާމިޔާބު މީހެއްގެ ގޮތުގައި އުފަލުގައި ދުނޔޭގައި އުޅެން ބޭނުންނަމަ 4 ކަމެއް ކުރާށެވެ! 

1 ތިބާއަށް އިޙްތިރާމްކޮށް ލޯތްބާއި އަޅައިލުންދޭ މީހުންގެ އަގު ވަޒަންކުރާށެވެ! 

2 ދަތިހާލުގައިވާ މީހުންނަށް އެހީތެރިކަން ފޮރުކޮށްދޭށެވެ! 

3 ތިބާ ހިތުގަ ޖައްސައި އަނިޔާވެރިވާ މީހުންނަށް މާފުކުރާށެވެ! 

4 އެންމެންނަށް އޯގާތެރި މީހަކަށްވާށެވެ!

މި 4 ސިފައަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ކޮންމެހެން ލާޒިމުކުރާ 4 ސިފައެވެ. ނަމަވެސް އެކަންކަމަށް ސަމާލުކަން ދެވެނީ ވަރަށް މަދުމީހަކަށެވެ! 

ގިނަ މީހުންނަށް-  

އެމީހާއަށް އިޙްތިރާމްކޮށް ލޯތްބާއި އަޅައިލުންދޭ މީހުންގެ އަގު ވަޒަންކުރުމުގެ ބަދަލުގައި ސަމާލުކަން ދެވެނީ ނެތިމޮށެ ދެބަ އުޑުވާ މީހުންނަށެވެ.

ދަތިހާލުގައިވާ މީހުންނަށް އެހީތެރިކަން ފޮރުކޮށްދިނުމުގެ ބަދަލުގައި ކަމެއްކޮށްދެވޭތޯ ބަލަނީ ރަނގަޅު ބަދަލެއް ލިބޭނެ ކަމުގެ އުންމީދުގައި ފޯރުންތެރިޔާއަށެވެ! ދަތިޙާލުގައިވާ މީހާއަށް އެހީތެރިވުމުން ﷲ ލައްވަވާނެ ރަޙްމަތަށް ސަމާލުކަމެއް ނުދެއެވެ. 

އެމީހެއްގެ ހިތުގަ ޖައްސައި އަނިޔާވެރިވާ މީހުންނަށް މާފުކުރުން ވެފައި އޮންނަނީ އެނެމެ ކުރަން އުނދަގޫ ކަންތަކަށެވެ. އެކަމުގެ ސަބަބުން އަބަދުވެސް ސިކުނޑިއަށް ބުރަކޮށް ބޮޑު ކަންބޮޑުވުމެއްގެތެރޭގައި ހުންނަންޖެހޭއިރުވެސްމެއެވެ. 

އޯގާތެރި ވެވެނީވެސް އަނެކާގެ ކިބައިން ލިބިދާނެ ފައިދާއަށް ބަލައިގެންނެވެ! 

މިފަދަ މީސްމީޙުންނަށް ކާމިޔާބާއި އުފާވެރިކަން ލިބުން އޮންނާނީ ވަރަށް ދުރުގައެވެ. ނަމަވެސް ފުރަތަމަ ބުނި 4 ސިފަ އެމީހެއްގެ ކިބައިގައި ހަރުލައްވައިގެން ތިބޭ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. 

- އަލަފްގެ ވިސްނުން

މިއަދު އޮންލައިން